ވީއައިއޭގެ އައު ޓާމިނަލް ހުޅުވައިފި
ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި ތަރައްގީކުރި އައު ޓާމިނަލް މިރޭ ހުޅުވައިފިއެވެ. މި ޓާމިނަލް ހުޅުވައިދެއްވީ، މިކަމަށްޓައި ވީއައިއޭގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އައު ޓާމިނަލް ހުޅުވުމުގެ ގޮތުން، ޓާމިނަލް މޮޑެލްއެއް ރައީސް މުޢިއްޒަށް ވަނީ އަރުއްވާފައެވެ. މި ރަސްމިއްޔާތުގައި އެއަރޕޯޓުގެ ތާރީޚާއި ތަރައްޤީ ހިމެނޭ ރިޕޯޓަކާއި، ތިއޭޓްރިކަލް ހުށަހެޅުމަކާއި، ޑްރޯންޝޯއެއްގެ އިތުރުން ހަވާއެރުވުމުގެ ހަރަކާތްތައ...