އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ލަމްއާން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ މި ސަރުކާރުން، 1 ފެބްރުއަރީ 2024 ގައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ލަމްއާން އިސްތިއުފާ ދެއްވިއިރު، އެމްއޭސީއެލްގައި އިތުރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް ހުންނަވައެވެ. އެއީ މުޖުތަބާ ލަތީފް އެވެ. ލަމްއާނަކީ މީގެ...