ސަރުކާރުން ތަނެއް ނުދީގެން ކަމަށް ބުނެ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި
ސަރުކާރުގައި ތަކުރާރުކޮށް އެދުމުން ވެސް ކޮންގްރެސް ބާއްވާނެ ތަނެއް ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހަށް ފަސްކޮށްފިއެވެ. މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މާލީ، މުހައްމަދު ޝިފާޒް ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހު ކޮންގްރެސް ބާއްވަން ތާވަލުކުރި ނަމަވެސް، ކޮންގްރެސް ނުބޭއްވުނީ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، އަންނަ އޮކްޓޯބަރު 1 އިން 3 އަށް މާލޭ ސިޓީ […]