މަސައްކަތް ކޮށްދޭންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކޮށްދިނުމަށް: މޭޔަރު އާތިފް
ސަރުކާރުން މަސައްކަތް ކޮށްދޭންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރު ކޮށްދިނުމަށް ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީކޮށް ރާއްޖެ ހިންގުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަންވީ ކައުންސިލްތަކުގެ ކެޕޭސިޓީ އިތުރުކޮށް ލާމަރުކަޒީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ. އާތިފް އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަންވީ ކައުންސިލްތައް މާލީގޮތުން އިތުރަށް ބާރުވެރިކޮށް، ލާމަރުކަޒީ ޤާނޫނާއި ފުށ...