އާތިފް: ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށް ވަރުގަދަ ތަސައްވަރަކާއި އެކު!
ކުޅުދުއްފުށި ސިޓީ ގެ ފުރަތަމަ މޭޔަރަކަށް ވުމުގެ އަޒުމާއި އެކު އެމްޑީޕީގެ ޓިކެޓްގައި މުޙައްމަދު އާތިފް ނުކުންނަނީ ވަރަށް ގިނަ އުންމީދު ތަކަކާއި އެކުގައެވެ. ކުޅުދުއްފުއްޓަށް ޚިދުމަތް ކުރުމަށް އަބަދުވެސް އާތިފްގެ ހިތުގައި އޮންނަ ލޯބި ޢަމަލީ ގޮތުން ދައްކަން ބޭނުންވެއެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކަށްވުމާއި އެކު އެކަމަށް އަތުކުރި އޮޅާލާ އާތިފް ނުކުތެވެ. ކުޅުދުއްފުށީގެ އިޖްތިމާއީ އިޤްތިސާދީ އަދި ޢުމްރާނީ ގޮތުން ބަދަލުތަކެއް ސިޓީއެއްގެ ގޮތުގައި ގެނެސްދިނުމުގެ ބޭނުމުގައި ނުކުތުމުގެ ކުރިން ރަށުގެ...