ނޫމަރާގައި ފެންވަރު ރަނގަޅު ވޮލީ ކޯޓެއް ތަރައްޤީ ކުރަނީ
ށ. ނޫމަރާގައި ފެންވަރު ރަނގަޅު ވޮލީ ކޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މަޚްލޫފް ވަނީ އެރަށުގައި ކުރިއަށްދާ ޔޫތު މިނިސްޓަރީއާއި ގުޅުންހުރި މަޝްރޫޢުތައް ބައްލަވާލެއްވުމަށް މިމަހުގެ 27 ވަަނަ ދުވަހު އެރަށަށް ދަތުރެއް ކުރަށްވާފައެވެ. ނޫމަރާ ކައުންސިލުން ވިދާޅުވި ގޮތުގައި އެ ދަތުރުގައި މިނިސްޓަރު މަޚްލޫފް ވަނީ އެރަށުގައި ރަނގަޅުފެންވަރުގެ ވޮލީކޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެ...