ނޮޅިވަރަމު ބަނދަރު ތަރައްގީކޮށް ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއަށް، މަގުތައް ހަދަން އާރުޑީސީ އަށް
ހދ. ނޮޅިވަރަމުގެ ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ އަދި މަގުތައް ހެދުމުގެ މަސައްކަތް އާރުޑީސީއާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. ބަނދަރު ހެދުމުގެ މަޝްރޫޢު ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއ...