ބިދޭސީންގެ ފީ ނުދައްކާ ފަރާތްތައް ސަސްޕެންޑްކޮށް ހިދުމަތްތައް މެދުކަނޑާލާނެ ކަމުގެ އިންޒާރު
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ނުދައްކާނަމަ، އެކްސްޕެޓް ސިސްޓަމުން ދެމުން ގެންދާ ހިދުމަތް މެދުކަނޑާލާނެ ކަމުގެ އިންޒާރު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކޮނޮލޮޖީ މިނިސްޓްރީން ދީފިއެވެ. މިކަން ހާމަކޮށް އެ މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ -/100,000 ރ (އެއްލައްކަ ރުފިޔާ) އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތައ...