Skip to main content
Topic Archive

#މާލެ ސިޓީ

60 Stories filed
މާލެއާއި ހުޅުމާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތަކެއް ހަދަނީ
Raajje

މާލެއާއި ހުޅުމާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތަކެއް ހަދަނީ

މާލެއާއި ހުޅުމާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތަކެއް ހަދަން ތައްޔާރުވެއްޖެއެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ މި ތަމްރީނުތައް ފަށާނީ މާދަމާ ކަމަށެވެ. އަދި މި ތަމްރީނުތައް ކުރިއަށްދާނީ މާލެ އާއި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ކަމަށެވެ. މިއީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް ކަމަށާއި މާދަމާއިން ފެށިގެން ފެބްރިއަރީ މަހުގެ 9 ވަނަ ދުވަހާ ހަމައަށް މި ތަމްރީނުތައް ކުރިއަށް […]

މިސްކިތްތަކުގެ މަރާމާތަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވޭ: މާލެ ސިޓީ ކައުންސިލް
Raajje

މިސްކިތްތަކުގެ މަރާމާތަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވޭ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ އާބާތުރަ ފިލުވަމުންގެންދާ މިސްކިތްތައް މަރާމާތު ކުރުމަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ވަނީ، މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯން މިދިޔަ ހަފުތާ ބަންދުގައި ޓެލެތޯނެއް ފަށާފައެވެ. “ޗާލު މިސްކިތް” ފަންޑުނަމުގައި ކުރިއަށް ގެންދާ މި ހަރަކާތަށް ފުރަތަމަ ދެ ދުވަހުން 7،44،713.90 ރުފިޔާ ވަނީ ލިބިފައެވެ. މި ހަރަކާތާއި ގުޅިގެން ބައެއް ފަރާތްތަކުން ފާޑުކިޔާތީ ސިޓީ […]

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯނެއް
News

މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯނެއް

މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑު ހޯދުމަށް ޓެލެތޯން ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި މާލޭގައި ހުރި މިސްކިތްތައް އަންނަ ރަމަޟާން މަހަށް މަރާމާތު ކުރުމަށް ފަންޑް ހޯދުމަށް ޓެލެތޯނެއް ބާއްވަން އެ ކައުންސިލުން ވަނީ ނިންމާފައެވެ. މި ޓެލެތޯން ބާއްވަން ނިންމާފައި ވަނީ އަންނަ ހަފުތާ ބަންދުގައެވެ. މިގޮތުން ޖެނުއަރީ 6 އަދި 7 ގައި މި ޓެލެތޯން ކުރިއަށް ގެންދަން ނިންމާފައިވާއިރު، މިސްކިތްތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުން […]

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
Raajje

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ދަބަހުގައި ބޮމެއް އޮތް ކަމަށް އެމީހާ ބުނީ ހުޅުމާލޭ ބީޗް ކްލަބަށްވަދެ ކަމަށެވެ. އާންމުން މީހަކު ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އެ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. މީގެ އިތުރުން މިކަމާއި ގުޅިގެން ބަލަންޖެހޭ […]

އާޓިފިޝަލް ބީޗު "އުރީދޫ ފޭން ޒޯން" ގައި ބުރެޒިލް ސަޕޯޓަރުން ފޯރި ނަގައިފި
Business

އާޓިފިޝަލް ބީޗު "އުރީދޫ ފޭން ޒޯން" ގައި ބުރެޒިލް ސަޕޯޓަރުން ފޯރި ނަގައިފި

އާޓިފިޝަލް ބީޗު “އުރީދޫ ފޭން ޒޯން” ގައި ބުރެޒިލް ސަޕޯޓަރުން ރޭ، ވަރަށް ފޯރި ނަގައިފި އެވެ. އުރީދޫ މޯލްޑިވްސް އާއި މާލޭ ސިޓީ ކައުންސިލް، މޯލްޑިވްސް އިސްލާމިކް ބޭންކު، މީޑިއާނެޓް، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، ޕްރިންޓް ލެބް އަދި އިވެންޓް މޯލްޑިވްސް ގުޅިގެން އާޓިފިޝަލް ބީޗު ގައި ހަދާފައިވާ “އުރީދޫ ފޭން ޒޯން” 11:30 ފެށިގެން ސަޕޯޓަރުން ދިޔައީ ޖަމާ ވަމުންނެވެ. ރާއްޖެ ގަޑިން 00:00 ގައި ފެށި މިމެޗަށް ވަރަށް ގިނަ އަދަދެއްގެ މީހުން […]

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: 13 މީހަކު ހައްޔަރުކޮށްފި
Raajje

ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަން: 13 މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި މިހައިތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވައިފި އެވެ. އެ އިދާރާއިން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރައްވަމުން ގެންދަވާ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވީ ސަލާމަތީ ބާރުތައް ގުޅިގެން މިހާރު ފަށާފައިވާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިގޮތުން އައްޑޫ ސިޓީއިން ނުވަ މީހަކާއި...

މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފި
Raajje

މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފި

މާލޭ ސިޓީ ކައުންސިލުން އެ ސިޓީގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބެލެހެއްޓުން ވަރުގަދަކޮށްފިއެވެ. މާލޭގެ އާއްމު ސަރަހައްދުތައް ބަލަހައްޓަން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، މާލޭގެ ދެކުނު ބަނދަރުގައި ސީސީޓީވީ ކެމަރާ ނިޒާމާއި އެ ސަރަހައްދުން ވޯޓާ ސަޕްލައި ފެން ލިބޭނެ އިންތިޒާމު އިފްތިތާހު ކުރީ އެކަމަށް އެ ސަރަހައްދުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މިއާއިއެކު އެ ހަފްތާއެއްގެ ހުރިހާ ދުވަހަކުވެސް ސަރަހައްދުގެ ސެކިއުރިޓީ 24 […]

މާލޭގައި 335 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ހަދައިފި
Raajje

މާލޭގައި 335 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ހަދައިފި

މާލެ ސިޓީ ކައުންސިލުން، މާލެ ސިޓީގައި އިތުރު ޕާކިން ޒޯނެއް ހަދައިފިއެވެ. މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ޕާކިން ޒޯނަކީ، މާލޭގައި މިނީ ބަހުގެ އޮޕަރޭޝަންތައް ހިންގުމަށް މަގުތަކުން ޖާގަ އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ. މި ޕާކިން ޒޯނު ހަދާފައި ވަނީ އަމީނީ މަގު މާފަންނު ދަނޑުތައް ހުންނަ ސަރަހައްދުގައެވެ. އަދި އަލަށް ހެދި މި ޕާކިން ޒޯނުގައި 335 ސައިކަލު ޕާކް ކުރެވޭނެ ޖާގަ […]

ޚިޔާލު ތަފާތުވުން ހުއްޓަސް މާލޭގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އެއްބާރުލުން ދޭނަން: މުޢިއްޒު
Raajje

ޚިޔާލު ތަފާތުވުން ހުއްޓަސް މާލޭގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އެއްބާރުލުން ދޭނަން: މުޢިއްޒު

ޚިޔާލު ތަފާތުވުން ހުރިނަމަވެސް މާލޭ ސިޓީގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި އުފަލާއެކީ އެއްބާރުން ދެއްވާނެކަމަށް  މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު މުޢިއްޒު މިހެން ވިދާޅުވީ، މާލޭގެ އަމީނީމަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށްފަހު ދެއްވި ވީޑިއޯ މެސެޖެއްގައެވެ. މާލޭގެ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއި ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ ޤާނޫނީ ހަ...

ޖުމްހޫރީ މައިދާނުގައި ހައްދަމުންދާ ‏ވިނަގަނޑަށް ނުބެލިކަމަށް ވިދާޅުވެ މޭޔަރު ކަންބޮޑުވެއްޖެ
Raajje

ޖުމްހޫރީ މައިދާނުގައި ހައްދަމުންދާ ‏ވިނަގަނޑަށް ނުބެލިކަމަށް ވިދާޅުވެ މޭޔަރު ކަންބޮޑުވެއްޖެ

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އެތަން ތައްޔާރުކުރާއިރު، އެތަނުގައި ހައްދަމުންދާ ‏ވިނަގަނޑަށް ނުބަލައި މަސައްކަތް ކުރިއަށް ގެންދާތީ ވިނަގަނޑަށް ގެއްލުންވާކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. މިރޭގެ ޖަލްސާއަށް ޖުމްހޫރީ މައިދާން ދަނީ ތައްޔާރު ކުރަމުންނެވެ. މެޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ނުހ...

މާލޭގެ އިމާމުންނާއި ހަތީބުންނަށް ތަމްރީނު ޕްރޮގްރާމެއް
Raajje

މާލޭގެ އިމާމުންނާއި ހަތީބުންނަށް ތަމްރީނު ޕްރޮގްރާމެއް

މާލެ ސިޓީގެ އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމް އިއްޔެ ފަށައިފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށް ދެއްވީ މިކަމަށް ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މި ރަސްމިއްޔާތު ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވިގޮތުގައި މި ޕްރޮގްރާމަކީ، އިމާމުންނާއި ޚަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަނދާން އާކޮށްލަދީ، އެ ބޭފުޅުންނަށް ކުރެވޭ ކުއްތަށް ބަޔާންކޮށްދީ އެކަންކަން ރަނގަޅުކޮށްދިނުމުގެ ގޮތުން ހިނ...

މާލޭ މުނިސިޕަލްޓީއަށާއި، ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ އަގު ވަޒަންކޮށްފި
Raajje

މާލޭ މުނިސިޕަލްޓީއަށާއި، ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ އަގު ވަޒަންކޮށްފި

މާލޭ މުނިސިޕަލްޓީއަށާއި، ސިޓީ ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފިއެވެ. މިގޮތުން މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމާއި ގުޅިގެން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވަނީ، މާލޭ މުނިސިޕަލްޓީއަށާއި، ކައުންސިލަށް ޚިދުމަތްކުރެއްވި ބައެއް ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވި ފަރާތްތަކާއި، މާލޭ ސިޓީގެ މޭޔަރކަން ކުރެއްވި ފަރާތްތަކާއި، ކައުންސިލަރުކަން ކުރެއްވި ފަރާތްތަކައް ހަނދާނީ ފިލައަކާއި ސެޓްފިކެޓެއް...

މާލޭ ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފި
Raajje

މާލޭ ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފި

އާ ސިޓީ ކައުންސިލަށް 6 މަސް ފުރުމާއި ދިމާކޮށް، ބަދަލުތަކާއެކު މާލެ ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފި އެވެ. މާލެ ސިޓީ ކައުންސިލުން ރޭ ގައި ވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރަށް 6 މަސް ފުރުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލް ރީ ބްރޭންޑް ކުރުމުގައި ކައުންސިލްގެ އާ ލޯގޯ އިފްތިތާހްކުރުމާ، ދިދަ ތަޢާރަފްކުރުމާ އަދި ކައުންސިލްގެ ޔުނިފޯމް ވަނީ ތައާރަފްކޮށްފައެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި މާލޭގެ ލޭންޑް ޔޫސް […]

މާލޭ ސިޓީ ކައުންސިލުން އިނގިރޭސިބަހުން ލިޔެދޭނެ ފަރާތެއް ހޯދަނީ
Raajje

މާލޭ ސިޓީ ކައުންސިލުން އިނގިރޭސިބަހުން ލިޔެދޭނެ ފަރާތެއް ހޯދަނީ

މައުލޫމާތު ފެތުރުމަށާއި، ސިޓީ ކައުންސިލްގެ ބޭނުންތަކަށް އިނގިރޭސި ބަހުން ލިޔަންޖެހޭ ލިޔުންތައް ލިޔެދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ. މިގޮތުން މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން ބީލަން ރަޖިސްޓްރީ ކުރުމަށާއި، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ. އަދި އަގު ހުށަ...

މާލެ ސިޓީގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ކައުންސިލާ ބައްދަލުކުރުމުގެ ފުރުސަތު
Raajje

މާލެ ސިޓީގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ކައުންސިލާ ބައްދަލުކުރުމުގެ ފުރުސަތު

މާލެ ސިޓީ ކައުންސިލްއިން އާންމުކޮށް ހުޅުވާލައިގެން މާލެ ރައްޔިތުންނާ ބައްދަލުކުރުމުގެ ސެޝަންތަކެއް ހަމަޖައްސައިފިއެވެ. ސިޓީ ކައުންސިލް އިން މި ބައްދަލުވުންތައް ރާވާފައިވަނީ އަވަށްތަކަށް ބަހާލައިގެންނެވެ. އެގޮތުން މިރޭ ބައްދަލުވުންތައް ފަށާއިރު ފަށަން ހަމަޖައްސާފައި ވަނީ ގަލޮޅުންނެވެ. އެ ބައްދަލުވުން ބާއްވަން ހަމަޖައްސާފައި ވަނީ ބާ އިންޖީނުގޭ ޕާކުގައެވެ. އޭގެ ފަހުން މި މަހު 8 ގައި ވިލިމާލެ، 10 ގައި މައްޗަންގޮޅި އަދި 12 ގައި މާފަންނު ރައްޔިތުންނާ ބައްދަލުކުރަން ތާވަލްކޮށްފައިވާއިރު، 14 ގައި ހެންވޭ...