ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި
މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ 2000 ސޯޝަލް ހައުސިންގް ޔުނިޓް މަޝްރޫޢުގެ ދަށުން މާލެ ހިޔާ ސިނަމާލެ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުގެ ފަންނީ އަދި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފާސްކުރީ އެ ކައުންސިލްގެ 80 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ގޮތުން ފާއިތުވި ދޮޅު އަހަރ...