"ނަފުރަތުގެ އަމަލު"ބަޔާންކުރާ ބިލާމެދު ޢާޠިފާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރަށްވައިފި
“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިގުޅޭގޮތުން ކުޅުދުއްފުށީ ސިޓީގެ މެދު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު، ޢާޠިފާ ޢަލީ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރަށްވައިފިއެވެ. ނަފްރަތުގެ ޢަމަލު ހިންގުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ސަރުކާރުގެ ފަރާތުން 25 މެއި 2021 ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤާނޫނުލް އުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފ...