އާ އަދަބީ ބަހެއް ހަދައިގެން މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރު ލިބޭ މުބާރާތެއް
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަދަބީ ބަސް ހެދުމުގެ މުބާރާތެއް ފަށައިފިއެވެ. އެސްޓީއޯއިން ފެށި މިމުބާރާތަކީ، ދިވެހި ބަހުގައި ހިމެނޭ އަދަބީ ބަސްތަކުގެ ހަޒާނާ އިތުރަށް މުއްސަނދިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ މީހުން ހުށަހަޅަން ޖެހޭނީ އާ އަދަބީ ބަސްތަކެކެވެ. މިމުބާރާތުން އެއް ވަނައަށް ހޮވޭ ފަރާތަތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓާއި 1000 ޑޮލަރުގެ ފައިސާގެ އިނާމެއް އެސްޓީއޯއިން ވަނީ ހުށަހަޅައިފައެވެ. މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން...