Skip to main content
Topic Archive

#އެސްޓީއޯ

357 Stories filed
ސީފެއަރާއިންގެ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ޕެނަލް ޑިސްކަޝަނެއް ބާއްވައިފި
Business

ސީފެއަރާއިންގެ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

ސީފެއަރާއިންގެ ދުވަސް ފާހަގަ ކުރަން އެސްޓީއޯއިން ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ. ރޭ ބޭއްވި މި ޕެނަލް ޑިސްކަޝަނަކީ ރާއްޖޭގައި މެރިޓައިމް ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ބޭއްވި ހަރަކާތެކެވެ. މި ޕެނަލް ޑިސްކަޝަންގައި މެރިޓައިމް ދާއިރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އެގޮތުން، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަބްދު الله ސައީދު އާއި ކެޕްޓަން މުހައްމަދު ނާޒިމް އާއި ކެޕްޓަން މުޙައްމަދު ޒައިދުއާއި ކެޕްޓަން އާދިލް ރަޝީދު ބައިވެރިވެލެއްވިއެވެ. މި ޕެނަލް […]

އެސްޓީއޯގެ ''ހަމަ ހިޓާޗީ'' ޕްރޮމޯޝަން ފަށައިފި
Business

އެސްޓީއޯގެ ''ހަމަ ހިޓާޗީ'' ޕްރޮމޯޝަން ފަށައިފި

މުޅި ރާއްޖެއަށް މަގުބޫލު ބްރޭންޑެއް ކަމުގައިވާ ހިޓާޗީއަށް ހާއްސަކޮށްގެން އެސްޓީއޯއިން ”ހަމަ ހިޓާޗީ” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ފަށާއިފައިވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ކުޑަ ހަފުލާއެއްގައެވެ. އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. މި ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަ މެޝިނާއި، އެއާޕިޔުރިފަޔާ އާއި ޓީވީ އާއި ޕަންޕާއި ވެކްޔުމް ކުލީނާ، އާއި ރައިސްކުކަރާއި، އަވަނާއި އެއާކޯން...

އެސްޓީއޯއިން ބައްޕައިންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް
Business

އެސްޓީއޯއިން ބައްޕައިންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ބައްޕައިންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިއަދު ފެށި މި ޕްރޮމޯޝަނުގައި އެ ކުންފުނިން ވިއްކާ ރެމިންގްޓަން އަދި ފިލިޕްސްގެ ގްރޫމިން ޕްރޮޑްކްޓުތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި ދެ ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ޝޭވާ އާއި ޓްރިމާ ފަދަ ފިރިހެނުންގެ ގްރޫމިންއަށް މުހިންމު އުފެއްދުންތައް ހިމެނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު އެކަންޏެވެ. https://twitter.com/stoplc/status/1538391403822080001?s=20&t=pd5dxGb_RNA0bRBAcHdq_g ބައިނަ...

އެސްޓީއޯ ''ގިފްޓް ޕެކް'' ހުޅުމާލެ ހޮސްޕިޓަލުގައި ދޭން ފަށައިފި
Business

އެސްޓީއޯ ''ގިފްޓް ޕެކް'' ހުޅުމާލެ ހޮސްޕިޓަލުގައި ދޭން ފަށައިފި

ހުޅުމާލޭ ހޮސްޕިޓަލްގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން “ގިފްޓް ޕެކް” ދޭން ފަށައިފިއެވެ. އެސްޓީއޯއިން ދޭ ގިފްޓް ޕެކްގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ. މީގެ އިތުރުން އެކުންފުނިން ތުއްތު ކުދިންގެ ސިއްހަތައް ހާއްސަ ކޮށްގެން ނެރުނު ފޮތް ވެސް މި ހަދިޔާގެ ތެރޭގައި މިހާރު ވަނީ ހިމަނައިފައެވެ. މިއީ ސަރުކާރުން ފެށި “ފަހުރުވެރި އާއިލާ” ކެމްޕެއިންގެ ދަށުން ދޭ ހަދިޔާތަކެކެވެ. އެގޮތުން މި ކެމްޕެއިނޔގެ ދަށުން މިހާތަނަށް ގިނަ ހޮސްޕިޓަލްތަކުގައި […]

ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގެ ވާހަކަތައް ކިޔައިދޭ ''ތުއްތު ދަރިފުޅު'' އިފްތިތާހު ކޮށްފި
Business

ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގެ ވާހަކަތައް ކިޔައިދޭ ''ތުއްތު ދަރިފުޅު'' އިފްތިތާހު ކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން “ތުއްތު ދަރިފުޅު” ގެ ނަމުގައި ކުޑަކުދިންނާ ގުޅުންހުރި ފޮތެއް އިފްތިތާހު ކޮށްފިއެވެ. މި ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ. އެގޮތުން ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮއްލުމަށްފަހު ދަރިފުޅު ގ...

އެމްއެސްއެސްގެ އެންމެ ބޮޑު ބަލްކް ކެރިއާ ބޯޓް ރާއްޖެ ގެނެސްފި
Business

އެމްއެސްއެސްގެ އެންމެ ބޮޑު ބަލްކް ކެރިއާ ބޯޓް ރާއްޖެ ގެނެސްފި

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އެންމެ ބޮޑު ބަލްކް ކެރިއާ ބޯޓު، “އެމްއެސްއެސް ކްރޮމް” ރާއްޖެ ގެނެސްފިއެވެ. މިއަދު އެ ބޯޓު ރާއްޖެ ބަނދަރު ކޮށްފައިވާއިރު އެމްޕީއެލުން ވަނީ ފެނުގެ ސެލިއުޓާއެކު އެ ބޯޓަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް އެމްއެސްއެސްއިން ގަނެފައިވާ ބޯޓެކެވެ. 23 ފަޅުވެރިންނާއެކު އެމްއެސްއެސް ކްރޮމްގެ ފުރަތަމަ ދަތުރުގައި 41500 މެޓްރިކް ޓަނުގެ ހިލައާއި ހިލަވެލި އެތެރެކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ދަތުރުތައް ފެ...

އެސްޓީއޯއިން ގްރީން ކޮންކުރީޓް ތައާރަފު ކޮށްފި
Business

އެސްޓީއޯއިން ގްރީން ކޮންކުރީޓް ތައާރަފު ކޮށްފި

ދުނިޔޭގެ އެހެން ގައުމުތަކުގައި މަގުބޫލުވަމުން އަންނަ ގްރީން ކޮންކްރީޓް ނުވަތަ ލޯ ކާބަން ކޮންކްރީޓް އެސްޓީއޯއިން މިއަދު ތައާރަފުކޮށްފިއެވެ. ރިސައިކަލް ކޮށްފައިވާ ރޯމެޓީރިއަލް ބޭނުންކޮށްގެން އުފައްދާ ގްރީން ކޮންކްރީޓަކީ އާދާއިގެ ކޮންކްރީޓް ނުވަތަ ކޮންވެންޝަނަލް ކޮންކްރީޓްއާ އަޅާބަލައި އިރު، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދީ އަދި ހައިޑްރޭޝަންގެ ހޫނު އާދައިގެ ކޮންކުރީޓަށްވުރެ ވަރަށް ބޮޑަށް ދަށް ކޮންކުރީޓެކެވެ. މިއީ އާދައިގެ ކޮންކްރީޓާއި ހިލާފަށް ކާބަންޑައިއޮކްސައިޑް މަދުން ބޭރުކޮށް އުފައްދާ...

އެސްޓީއޯއިން އިނގިރޭސިވިލާތުގެ މަޝްހޫރު “ރަސަލް ހޮބްސް” ތައާރަފު ކޮށްފި
Business

އެސްޓީއޯއިން އިނގިރޭސިވިލާތުގެ މަޝްހޫރު “ރަސަލް ހޮބްސް” ތައާރަފު ކޮށްފި

އެސްޓީއޯއިން އިނގިރޭސިވިލާތުގެ މަޝްހޫރު “ރަސަލް ހޮބްސް” ތައާރަފު ކޮށްފިއެވެ. މިރޭ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ އެފް އެންޑް ބީ ޝޯގައި މި ބްރޭންޑް ތައާރަފު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ގެއާއި ބަދިގެ ސާމާނު އުފެއްދުމުގައި 70 އަހަރުގެ ތަޖުރިބާ ލިބިފައިވާ ރަސަލް ހޮބްސައަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މަގުބޫލު ބްރޭންޑެކެވެ. އެ ބްރޭންޑް މަގުބޫލުވެފައިވަނީ ޕްރޮޑަކްޓުތަކުގެ ތަފާތު ކަމުންނެވެ. ރަސަލް ހޮބްސްގެ އުފެއްދުންތަކުގެ ތެރޭގައި ރައިސް ކުކަރާއި ސްލީ ކުކަރާއި ސްޓީމަރާއި ގްރިލް އާއ...

މެެއި މަހު އުފަންވި 165 ކުއްޖަކަށް އެސްޓީއޯގެ ހަދިޔާ ލިބުނު
Business

މެެއި މަހު އުފަންވި 165 ކުއްޖަކަށް އެސްޓީއޯގެ ހަދިޔާ ލިބުނު

މި ނިމުނު މެއި މަހު އުފަންވި 165 ކުއްޖަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާ ދީފިއެވެ. މިއީ އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާ ދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް އެސަޓީއޯއިން ދޭން ފެށި ހަދިޔާއެވެ. އެގޮތުން އެ ކުންފުނިން އެތެރެކުރާ ކުަޑަކުދިންގެ ސާމާނު މި ހަދިޔާގެ ތެރޭގައި ހިމެނެއެވެ. މި ޕްރޮގްރާމް މިހާރު ފަށާފައިވަނީ އައިޖީއެމްއެޗް އާއި ޓްރީ ޓޮޕް އާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި މުލީ ރީޖަނަލް […]

އެސްޓީއޯ ކްރެޑިސްކީމުން ދަށުން އެހެން ކުންފުނިތަކުގެ މުދާ ނެގޭ ގޮތް ހަދައިފި
Business

އެސްޓީއޯ ކްރެޑިސްކީމުން ދަށުން އެހެން ކުންފުނިތަކުގެ މުދާ ނެގޭ ގޮތް ހަދައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ ކްރެޑިޓް ސްކީމް ފުޅާކޮށް، ލީސިން ޕާޓްނަރުން މެދުވެރިކޮށް މުދާ ނެގޭ ގޮތަށް މިއަދު އިފްތިތާހުކޮށްފިއެވެ. އެ ސްކީމް އޮންނަ ގޮތުން ކުރިން ކްރެޑިޓަށް މުދާ ނެގެނީ ހަމައެކަނި އެސްޓީއޯއިން ވިއްކާ ތަކެއްޗެވެ. އެއީ ސަރުކާރުގެ މުވައްޒަފުންނާއި އެ ކުންފުންޏާއެކު ކްރެޑިޓް އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ދޫކުރަމުން އައި ސްކީމެކެވެ. މި ސްކީމް ފުޅާކޮށް މިއަދު ގެނައި ބަދަލާއެކު އެސްޓީއޯގެ ބައެއް ޕާޓްނަރުން ވިއްކާ މުދާ ވެސް ކްރެޑިޓަށް [...

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރެޖެއް އަޅަނީ
Business

އިހަވަންދިއްޕޮޅުގައި ތެޔޮ ސްޓޯރެޖެއް އަޅަނީ

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ތެޔޮ ބަންކަރިންގެ ހިދުމަތާއި ތެޔޮ ސްޓޯރޭޖެއް އަޅަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު މިހެން ވިދާޅުވީ ކްރޮސްރޯޑްސްގައި ކުރިއަށްގެންދިޔަ އެސަޓީއޯގެ އަހަރީ އާއްމު ޖަލްސާގައެވެ. އެ ޖަލްސާގައި އެސްޓީއޯ އިން ކުރިއަށްގެންދާ ބޮޑެތި ޕްރޮޖެކްޓުތަކާ ގުޅޭ މައުލޫމާތު އޭނާ ވަނީ ހިއްސާދާރުންނާ ހިއްސާ ކުރައްވާފައެވެ. ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އެންމެ ބޮޑު ވިޔަފާރިކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވ...

އެސްޓީއޯއިން ހިއްސާއަކަށް 65ރ. ބަހަން ފާސްކޮށްފި
Business

އެސްޓީއޯއިން ހިއްސާއަކަށް 65ރ. ބަހަން ފާސްކޮށްފި

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 65ރ. ބަހަން ފާސްކޮށްފިއެވެ. އެސްޓީއޯއިން ކްރޮސްރޯޑްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި، ހިއްސާ އަކަށް 65ރ. ބަހަން ފާސްކުރީ އެ ޖަލްސާ އަށް ހާޒިރުވި 782 މީހުންގެ 99 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ. އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އެކި ވިޔަފާރިތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ ލިބުނިއިރު ތެލުގެ ވިޔަފާރިން އެކަނި އެ ކުންފުންޏަށް ހަ ބިލިއަން ރުފިޔާ ލިބުނެވެ. […]

އެމްއެސްއެސް އިން ރާއްޖެއިން ސިންގަޕޫރަށާއި މެލޭޝިއާއަށް ކާގޯ ދަތުރު ފަށަނީ
Business

އެމްއެސްއެސް އިން ރާއްޖެއިން ސިންގަޕޫރަށާއި މެލޭޝިއާއަށް ކާގޯ ދަތުރު ފަށަނީ

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ރާއްޖެ އިން ސިންގަޕޫރާއި މެލޭޝިއާއާ ދެމެދު ސީދާ ކާގޯ ދަތުރުތައް ފަށަން ނިންމައިފިއެވެ. އެމްއެސްއެސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން މި ދަތުރުތައް ފަށަނީ އަލަށް ގެންނަ ކޮންޓެއިނާ ބޯޓު، “ގްރެފީން” މެދުވެރިކޮށް ކަމަށެވެ. އެ ބޯޓު މިހާރު އޮތީ ޔޫއޭއީގައެވެ. އެގައުމުން މުދާ ބަރުކޮށްގެން މި މަސްތެރޭގައި ބޯޓު ރާއްޖެ އަންނާނެއެވެ. އެމްއެސްއެސް އިން ބުނީ އެ ބޯޓުން ސިންގަޕޫރަށާއި މެލޭޝިއާއަށް ކުރާ ކާގޯ ދަތުރުތައް […]

ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓް އެސްޓީއޯއިން ޓެސްޓްކޮށްފި
Business

ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓް އެސްޓީއޯއިން ޓެސްޓްކޮށްފި

ތިލަމާލެ ބްރިޖް ހަދަން ބޭނުންވާ ރެޑީ މިކްސް ކޮންކްރީޓް އެސްޓީއޯއިން ރޭ ޓެސްޓް ކޮށްފިއެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެސްޓު ކާމިޔާބު ކަމަށެވެ. އަދި އެފަދަ ޕްރޮޖެކްޓަކަށް އެސްޓީއޯއިމް ކޮންކްރީޓް ސަޕްލައި ކުރުމަކީ ލިބޭ ފަޚުރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބްރިޖް ހަދަން ކޮންކްރީޓް ސަޕްލައި ކުރަން އެސްޓީއޯއަށް ފުރުސަތު ދިން ކަމަށްޓަކައި އިންޑިއާއަށް އަމްރު ޝުކުރު އަދާ ކުރެއްވިއެވެ. ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި […]

އެސްޓީއޯއިން "ހަކަތަރި" ސްޓިކާ ބޭނުން ކުރަން ފަށައިފި
Business

އެސްޓީއޯއިން "ހަކަތަރި" ސްޓިކާ ބޭނުން ކުރަން ފަށައިފި

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ އިލެކްޓްރޯނިކްސް ސާމާނުތަކުގައި ހަކަތަ ސަމަކާރަ (އެނާޖީ އެފިޝަންޓް) މިންވަރު ބުނެދޭން “ހަކަތަރި” ސްޓިކާ ބޭނުން ކުރަން ފަށައިފިއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯގެ ޕްރޮޑަކްޓްތަކުގައި ހަކަތަރި ލޭބަލް ބޭނުންކުރުމުގެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އެސްޓީއޯގެ މެނާޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެން އަމްރުއެވެ. “ހަކަތަރި” ޕްރޮގްރާމަކީ ރާއްޖެއަށް އެތެރެކުރާ ކަރަ...