އެގްރޯނެޓުގެ އެމްޑީއަކަށް ކުރީގެ މެމްބަރު ސިނާން
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ޗެއާޕާސަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން އައްޔަންކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެގްރޯނެޓަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑ...