Skip to main content
Topic Archive

#އަލިފާނުގެ ހާދިސާތައް

108 Stories filed
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވުން: ބައެއް ގޭތަކުން މީހުން ހުސްކޮށްފި
Raajje

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވުން: ބައެއް ގޭތަކުން މީހުން ހުސްކޮށްފި

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ރޯވި އަލިފާން ފެތުރެމުން އަންނައިރު، އެ ސަރަހައްދުގެ ބައެއް ގޭތަކުން މީހުން ހުސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، ރޯވެފައިވާ އަލިފާން އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ. އެހެންވެ އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގޭތަކުން މިހާރު މީހުން ހުސްކޮށްފައިވާކަމަށެވެ. މި ހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު، ފުރަތަމަ އަލިފާން ހިފީ ހައުސިން މިނިސްޓްރީގެ ފަންގިފިލާއެއްގެ ސީލިންގ ގައިކަމަށް ބެލެވޭކަމަށް އެ ސަރަހައްދު...

ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފި
Raajje

ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފި

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވި އަލިފާން މުޅި ކޮށީގައި ހުރި އިމާރާތްތަކުގައި ހިފަމުން އަންނައިރު ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފިއެވެ. މިގޮތުން މި ސަރަހައްދުގައި ހުރި ތާޖުއްދީން ސްކޫލާއި، ހިރިޔާ ސްކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަމުން މިހާރު އަންނަނީ ގެއަށް ފޮނުވަމުންނެވެ. މި ހާދިސާގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލެއް ނުވެއެވެ. އެހެންވެ މުޅި އެ ސަރަހައްދު އަންނަނީ ބޯ ދުމުން ބެދެމުންނެވެ. މި ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ އެއްކޮށްހ...

އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނީ
Raajje

އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނީ

ހައުސިން މިނިސްޓްރީގައި ރޯވި އަލިފާން ފެތުރި އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނުން އެބަދެއެވެ. ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވީ ހެނދުނު 6:15 ހާއިރު ކަމަށް އެތަނުގެ މުވައްޒަފަކު ބުންޏެވެ. އެހެންވެ މި ހާދިސާ ހިނގިއިރު މުވައްޒަފުން އޮފީހަށް ނުދެއެވެ. އެ އިމާރާތުގައި ރޯވި އަލިފާން ފެތުރި މިހާރު އަންނަނީ އެންވަޔަރަންމަންޓް މިނިސްޓްރީ ވެސް އަނދަނުންނެވެ. ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަމުން އަންނައިރު، އެ މިނިސްޓްރީ އަށް ވެސް ވަނީ ގެއްލ...

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަނދަނީ
Raajje

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަނދަނީ

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަދަނދަމުން އެބަދެއެވެ. އެތަނުގައި ރޯވުމުން މުޅި ސަރަހައްދަށް ވަނީ ބޯ ދުންގަނޑެއް ފެތުރިފައެވެ. އެތަނުގައި ރޯވި އަލިފާން ނިންވުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަންނަނީ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުރަތަމަ ރޯވެފައި ވަނީ އިމާރާތުގެ ފަންގިފިލާއެއްގެ ސީލިންގގައެވެ. މި ހާދިސާ ހިނގާފައި ވަނީ އޮފީސްތައް ހުޅުވުމުގެ ކުރިންނެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގ...

ދުއްވާފައިދިޔަ ޕިކަޕެއްގެ ބެޓެރި ޝޯޓްވެ އަލިފާނުގެ ހާދިސާއެއް
Raajje

ދުއްވާފައިދިޔަ ޕިކަޕެއްގެ ބެޓެރި ޝޯޓްވެ އަލިފާނުގެ ހާދިސާއެއް

މާލޭގެ ބޮޑުތަކުރުފާނުމަގުން ދުއްވާފައިދިޔަ ޕިކަޕެއްގެ ބެޓެރީގައި އަލިފާން ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ ބޮޑުތަކުރުފާނުމަގުން އިރަށް ދަތުރުކުރަމުން ދިޔަ ޕިކަޕެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެ ޕިކަޕްގައި އަލިފާން ރޯވީ ޕިކަޕްގެ ބެޓެރި ޝޯޓްވެ، އެ ބެޓެރީގައި އަލިފާން ރޯވެގެން ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:39 ހާއިރު އ...

އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެ
Raajje

އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެ

މިއަދު އަލިފާން ރޯވި ދޯނި އަޑިއަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މި ދޯނި އަޑިއަށް ދިޔައީ އަލިފާން ނިވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު 14:45 ހާއިރު ކަމަށެވެ. މި ދޯނީގައި ތިބި ފަސް މީހުންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އެމްއެެންޑީއެފުން ބުނީ، އަލިފާން ރޯވީ، ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ “ހަމްދު” ނަމަކަށް ކިޔާ މުދާ އުފުލާ ދޯޏެއްގައި ކަމަށެވެ. މި ދޯނީގައި އަލިފާން […]

ޑިންގީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް
Raajje

ޑިންގީއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް

ކ. ތިލަފުށީގައި އެހެލާފައި އޮތް ޑިންގީއެއްގައި ރޭ ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ތިލަފުށި ފަޔަރ ސްޓޭޝަނުން ވަނީ ނިއްވާލައިފައެވެ. އެމްއެންޑީއެފްއިން މަޢުލޫމާތު ދިންގޮތުގައި، ދިގުމިނުގައި 25 ފޫޓު ހުންނަ މި ޑިންގީގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓު ލިބުނީ ރޭ 00:24 ހާއިރުއެވެ. މިރިޕޯޓު ލިބުމާއެކު ތިލަފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. ފަޔަރ ފައިޓަރުންގެ މަސައްކަތުން، ޑިންގީއަށް އެއްވެސް ގެއްލުމ...

މުދާ އުފުލާ ދޯންޏެއްގައި ރޯވެއްޖެ
Raajje

މުދާ އުފުލާ ދޯންޏެއްގައި ރޯވެއްޖެ

މުދާ އުފުލާ ދޯންޏެއްގައި ރޯވެގެން ހަރަކާތްތެރިވަމުން އަންނަކަމަށް މެރިން ޕޮލިހުން ބުނެފިއެވެ. މެރިން ޕޮލިހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށެވެ. މި ދޯނީގައި އަލިފާން ރޯވި އިރު އޮތީ ދ.ކުޑަހުވަދޫ އާއި ނިޔާމަ ރިސޯޓާ ދެމެދުއެވެ. Dh. Kudahuvadhoo kairin dhathuru kuramun dhiya masboateh gai alifaanuge haadhisaa eh hin’gaifi. pic.twitter.com/ipcFdezJGO — Accidents in Maldives (@AccidentsMV) September 29, 2024 މި ހާދިސާ […]

މާލޭގެ ކެފޭއެއްގައި ރޯވެ އަނދަނީ
Raajje

މާލޭގެ ކެފޭއެއްގައި ރޯވެ އަނދަނީ

މާލޭގެ ހެންވޭރު ދޫހިމެރިގޭގައި ހުންނަ ކެފޭއެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގައިގެން އެތަނުގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ވަމުން އަންނަކަމަށެވެ. އަދި ފުލުހުން ވެސް ބުނެފައި ވަނީ އެ ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ސަރަހައްދުގައި ހުރި ”ތިލަދުން”ގެ ނޫސްވެރިއަކު ބުނިގޮތުގައި އެ ކެފޭގައި ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި ދުންތައް ވަނީ މުޅި ސަރަޙައްދަށް ފެތުރިފައެވެ.   އަލިފާން ނިއްވާލުމުގެ މަސައްކަތުގައި [...

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް
Raajje

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ، މާލޭގެ މައްޗަންގޯޅީގައި ހުންނަ ގެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައެވެ. އެހެންވެ މިތަނުގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގެ ހިނގައިގެން ހަރަކަތްތެރިވާން ފަށާފައިވާ ކަމަށް އެ...

ޑިސްޓްރިބިއުޝަން ބޯޑުގައި ރޯވެ އަލިފާނުގެ ހާދިސާއެއް
Raajje

ޑިސްޓްރިބިއުޝަން ބޯޑުގައި ރޯވެ އަލިފާނުގެ ހާދިސާއެއް

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މިރޭ ދިހައެއް ޖަހަން ކައިރިވެފައި ހުއްޓާ މާލޭގެ މާފަންނުގައި ހުންނަ ކަންދަރު ގޭގައެވެ. މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެ ގޭގެ ގްރައުންޑް ފްލޯގައި ހުރި ޑިސްޓްރިބިއުޝަން ބޯޑެއްގައެވެ. އެމްއެންޑީއެފުން ބުނީ އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިރޭ 21:56 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އަށް އެ ހާދިސާގެ ރިޕޯޓު […]

ތިލަފުށީ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން ނިއްވާލައިފި
Raajje

ތިލަފުށީ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން ނިއްވާލައިފި

ސިނާއީ ރަށް، ކ. ތިލަފުށީގައި ހުންނަ މެރީންޑޯ ވޯކްޝޮޕުގައި ރޯވި އަލިފާން ނިއްވާލައިފިއެވެ. މިތަނުގައި ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 8:36 ގައެވެ. އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ އެތަނުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ. ”ވޯކްޝޮޕުގައި ރޯވި އަލިފާން އިތުރަށް ފެތުރިގެން ނުދާވަރަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނަށް ކޮންޓްރޯލްކުރެވުނީ މިއަދު 09:46 ހާއިރު...

އޯކިޑްޕްލާޒާގޭގައި ރޯވުން: 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދީފި
Raajje

އޯކިޑްޕްލާޒާގޭގައި ރޯވުން: 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދީފި

މާލޭގެ މާފަންނު އޯކިޑްޕްލާޒާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 15 ކުޑަކުދިން ހިމެނޭހެން 48 މީހަކަށް ރައްކާތެރިކަން ފޯރުކޮށްދެވުނުކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. އޯކިޑްޕްލާޒާ ގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ. އެ ގޭގައި މި ހާދިސާ ހިނގައިގެން މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ މެންދަމު 3:32 ހާއިރުކަމަށް އެ އިދާރާއިން ބުނެފަވެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންނުވާކަމަށް ފުލުހުން ވަނީ ރޭ ބުނެފައެވެ. މި ހާދިސާއާއި ގުޅިގެން އެމް...

ބޮޑު އަލިފާނުގެ ސަބަބުން ގެއްލުންވި ގެތަކަށް ބަދަލު ދިނުން ފަސްކުރަން އަންގައިފި
Raajje

ބޮޑު އަލިފާނުގެ ސަބަބުން ގެއްލުންވި ގެތަކަށް ބަދަލު ދިނުން ފަސްކުރަން އަންގައިފި

މާލޭގައި 2019 ވަނަ އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ބައެއް ގެތައް އަނދައި ހުލިވި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ. ކެމިކަލް ރައްކާކުރާ ގުދަނެއްގައި ސެޕްޓެމްބަރު, 2019 ގައި ހިނގި އެ އަލިފާނުގެ ހާދިސާ ކޮންޓްރޯލްނުވެ, ކައިރީގައި ހުރި އެތައް ގެއެއް އަނދައި, ބޭނުން ނުކުރެވޭ މިންވަރަށް ގެއްލުންވި އެވެ. އޭގެ ތެރެއިން ހ. އީވާއު […]

މާލޭގެ ގެއެއްގައި އަލިފާން ރޯވެ، އަނިޔާވި ދެ މީހަކަށް ފަރުވާދެނީ
Raajje

މާލޭގެ ގެއެއްގައި އަލިފާން ރޯވެ، އަނިޔާވި ދެ މީހަކަށް ފަރުވާދެނީ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އަނިޔާވި ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާފަންނު ފުލޫނިޔާ މަގުގައި ހުރި ގެއެއްގެ ތިންވަނަ ފަންގިފިލާގައެވެ. މި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، މި ހާދިސާގައި ދެ މީހަކަށް އަނިޔާވެގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މ.އެންޒިއަންގޭގެ 3 ވ...