އެމްއޭސީއެލް އިން 10 ދާއިރާއަކުން ޚަރަދުތައް ކުޑަކުރަން ނިންމައިފި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 10 ދާއިރާއަކުން 20 ޕަސެންޓާ ހަމައަށް ޚަރަދުތައް ކުޑަކުރަން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ. އޭނާ މި މަޢުލޫމާތު ދެއްވީ މިއަދު ވީއައިޕީ އިމާރާތުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމްއޭސީއެލްއިން ޚަރަދު ކުޑަކުރާނެ ދާއިރާތަކުގެ ތެރޭގައި ތެލަށް ކުރާ ޚަރަދު 20 ޕަސެންޓަށް ކުޑަކުރުމާއި، ކޮންސިއުމަބަލްސްއަށް ކުރާ ޚަރަދު 10-15 ޕަސެންޓަށް ކުޑަކުރުން ހިމެނެއެވެ. މ...