ރިޒާވްއާ ބެހޭގޮތުން ދޮގު މަޢުލޫމާތު ފަތުރާތީ، މަރުކަޒީ ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖޭގެ ރިޒާވްއާ ބެހޭ ގޮތުން މީޑިއާގައި ފެތުރެމުންދާ ދޮގު މަޢުލޫމާތުތަކާ ގުޅިގެން ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “އަދަދު” ނޫހުގައި “ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!” މި ސުރުޚީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ހިމެނޭ ޚަބަރެއް ކަމަށެވެ. އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ ރިޒާވްގެ މަޢުލޫމާތު މި...