ރާއްޖެ-އިންޑިއާ، ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭ ގޮތް ހަދައިފި
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމުގެ ހުއްދަ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ދީފިއެވެ. މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ. ރިޒާވް ބޭންކް އޮފް އިންޑިއާއިން ހޯމަ ދުވަހު ނެރުނު ސަރކިއުލާއެއްގައި ބުނެފައިވަނީ ދެ ގައުމުގެ މެދުގައި އިންޑިއާ ރުޕީސްއާއި ދިވެހި ރުފިޔާއިން މުއާމަލާތު ކުރެވޭނެ ގޮތް ހަދަން ނިންމައިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު […...