އެމްއެމްއޭގެ ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލައި، ސިކުންތުކޮޅެއް ތެރޭ ފައިސާ ފޮނުވޭނެ ގޮތް ހަދައިފި
ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ނިޒާމު “ފަވަރަ” އާއި އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް” (ޔޫޕީއައި) ގުޅާލައި، ރާއްޖެއިން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވޭނެ ހިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މަރުކަޒީ ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުން...