ސިފައިންގެ ސަފުތަކަށް ކިލަނބުކަން ލިބޭ ވާހަކަ ނުދައްކަން އެދިއްޖެ
ދިވެހި ސިފައިންގެ ބަދަހި ސަފުތަކަށް ކިލަނބުކަން ލިބޭ ފަދަ ވާހަކަ ނުފަތުރަން އެމްއެންޑީއެފުން މިރޭ އެދިއްޖެއެވެ. އެމްއެންޑީއެފުން މިގޮތަށް ބުނެފައި ވަނީ “ސަރުކާރު ދިފާއުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ސިފައިންގެ އިސްވެރިން ދެކޮޅު ހަދަނީ” މި ސުރުހީގެ ދަށުން “ދިޔަރެސް” ނޫހުން ލިޔެފައިވާ ލިޔުމަކާ ގުޅިގެންނެވެ. ނޫސްވެރިން ތިބޭ ވައިބާ ގްރޫޕްގައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިފައިންގެ ލީޑަޝިޕްގެ ބޭފުޅުންނާ ބެހޭ ގޮތުން “ދިޔަރެސް” ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް ހަގީގަ...