އެމެރިކާގެ ކެމްޕަސް ޑިބޭޓެއްގެ ތެރެއިން، ޕްރޯ އިޒްރޭލް އެކްޓިވިސްޓެއް ގަޔަށް ބަޑިޖަހާ މަރާލައިފި
ކޮންޒަވޭޓިވް އެކްޓިވިސްޓް އަދި އިސްރާއީލަށް ވަރުގަދައަށް ތާއީދުކޮށް އަޑުއުފުލަމުންދާ ފަރާތެއް ކަމުގައިވާ ޗާލީ ކާރކް، ޔޫޓާ ވެލީ ޔުނިވަރސިޓީގެ ޑިބޭޓެއްގެ ތެރެއިން ގަޔަށް ބަޑިޖަހާ މަރާލައިފި އެވެ. ޓާނިންގ ޕޮއިންޓް ޔޫއެސްއޭ (ޓީޕީޔޫއެސްއޭ)ގެ ބާނީ އަދި ސީއީއޯ، 31 އަހަރުގެ ޗާލީ ކާރކް މަރާލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ޓްރޫތް ސޯޝަލް އެކައުންޓްގައި އިއުލާންކޮށްފަ އެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ޕޯސްޓްތަކެއް ކުރައްވާފައެވެ. މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުނ...