ޔާމީންގެ ވަކީލް ޝިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުކަން ކުރެއްވި އަބްދުﷲ ޝިޔާޒް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން ވަނީ ޝިޔާޒް، އެ މަގާމަށް އައްޔަން ކުރެއްވި ކަން ކަށަވަރުކޮށް ދީފައެވެ. ޝިޔާޒް ވަނީ މީގެކުރިިން އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް 2019 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ ދައުވާތަކުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ޝިޔާ...