ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރުމަށް އީރާނުގެ ރައީސާއި މަޖިލިސް ރައީސް ގޮވާލައްވައިފި
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަ ގާއިމުކުރުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަދި ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފް ގޮވާލައްވައިފިއެވެ. މިގޮވައިލެއްވުމާއެކު ޤާލީބާފް ވަނީ އިސްރާއީލުގެ ހައްގުގައިކަމަށް ބުނެ އެމެރިކާއިން ސަރަހައްދީ ބައިވެރިން ނުރައްކަލުގެ ތެރެއަށް ވައްޓާލަމުންދާ ކަމަށް ވިދާޅުވެފައެވެ. އީރާނުން ބުނާ ގޮތުގައި ދުނިޔޭގެ ބާރުގެ ހަމަހަމަކަން މިހާރު ދަނީ އެމެރިކާއާ ދުރަށް ބަދަލުވަމުންނެވެ. އަދި މިވަގުތަކީ އެމެރިކާ އާއި އިސްރ...