ދެ މަސް ދުވަހުގެ ބަންދަށްފަހު ޔޫއޭއީގައި ތިބި އީރާނު މަސްވެރިން މިނިވަންވެއްޖެ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކަމާބެހޭ އިދާރާތަކުން ހައްޔަރުކޮށްފައި ތިބި އީރާނުގެ 10 މަސްވެރިއަކު މިނިވަންކުރުމާ ގުޅިގެން، އެ މީހުން އެނބުރި ގައުމަށް ދިއުމަށް ދަތުރުފަށައިފިއެވެ. ދުބާއީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް ޖެނެރަލުން ވަނީ، ޔޫއޭއީގެ ބަންދުގައި ތިބި އެ ގައުމުގެ ފަޅުވެރިން ހުކުރު ދުވަހު މިނިވަންވެ، ގައުމަށް އެނބުރި ދިއުމަށް ދަތުރުފަށާފައިވާކަން ކަށަވަރުކޮށްދީފައެވެ. އީރާނުގެ ކޮންސިއުލޭޓުން ބުނި ގޮތުގައި، މިނިވަންވި މަސްވެރިން ޔޫއޭއީގެ ސަރަހައްދުން ނުކުމެ، ޕާޝިއަން ގަލްފު ހު...