ވިގަން ބަލިކޮށް ޔުނައިޓެޑް އެފްއޭކަޕްގެ ހަތަރުވަނަ ބުރަށް
އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި ވިގަން އެތުލެޓިކް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. ރޭ ވިގަންގެ ދަނޑުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ. މިގޮތުން ރަޝްފޯޑް ފޮނުވާލި ހަމަލާ ކީޕަރު އަތުގައި ޖެހިފައި ގޯލު އަރިމަތީ ދަނޑީގައި ޖެހިފައި ބޭރަށް ނުކުތްއިރު، ކުޑަ އޭރިއާތެރެއިން […]