Skip to main content
Topic Archive

#އެކުވެރި ދައުލަތް (އދ)

32 Stories filed
ފަލަސްތީނުގެ އެއްވެސް ބިމެއްގައި އިސްރާއީލަށް ސިޔާދަތީ ބާރު ހިންގުމުގެ ހައްގެއްނެތް: އދ.
International

ފަލަސްތީނުގެ އެއްވެސް ބިމެއްގައި އިސްރާއީލަށް ސިޔާދަތީ ބާރު ހިންގުމުގެ ހައްގެއްނެތް: އދ.

އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާގައި ހުންނަ އދ. ގެ ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އެޖެންސީ (އަންރުވާ) ގެ ކޮމްޕައުންޑުގައި އިސްރާއީލުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ނިންމި ނިންމުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި ކޮމްޕައުންޑަކީ މިއަހަރުގެ ޖެނުއަރީ މަހު އިސްރާއީލުން އަތްގަދަކޮށްފައިވާ ތަނެކެވެ. އިސްރާއީލްގެ އަމަލު ކުށްވެރިކުރަށްވައި ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ނެރުއ...

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް 2028 ގައި ރާއްޖެއިން ވާދަކުރަނީ
Raajje

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް 2028 ގައި ރާއްޖެއިން ވާދަކުރަނީ

2028 އިން 2030 ގެ ދައުރަށް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްއަށް ރާއްޖެއިން ވާދަކުރޭނެކަން ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ. ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ އ.ދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑޮކްޓަރ ޢަބްދުالله ޚަލީލް މިއަދު ކުރެއްވި ތަޤްރީރުގެ ތެރެއިން ނެވެ. އެގޮތުން މިނިސްޓަރގެ ތަގްރީރުގައި ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުޞޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމު...

ޣައްޒާގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ނަފްސާނީ ފަރުވާ ބޭނުންވޭ: އދ.
International

ޣައްޒާގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ނަފްސާނީ ފަރުވާ ބޭނުންވޭ: އދ.

އިސްރާއީލުން ޣައްޒާއަށް ކުރިމަތިކުރުވާފައިވާ ދިގުދެމިގެންވާ ލާއިންސާނީ ހާލަތުގެ ސަބަބުން ޣައްޒާގައި ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އަދަދު އެއް މިލިއަނަށްވުރެ އިތުރުކަމަށް އދ. އިން ބުނެފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އާއި އދ. ގެ ކުޑަކުދިންގެ ޖަމްޢިއްޔާ (ޔުނިސެފް) އިން ނެރެފައިވާ ރިޕޯޓުތަކަށް ބަލާއިރު، ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަވެއެވެ. ޑަބްލިއު.އެޗް.އޯ އިން ހާމަކުރި ގޮތުގައި، ޣައްޒާގައ...

ރާއްޖެ ހިމެނޭހެން ދުނިޔޭގެ މެސެޖެއް އިސްރާއީލަށް، ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ނުކުމެއްޖެ
International

ރާއްޖެ ހިމެނޭހެން ދުނިޔޭގެ މެސެޖެއް އިސްރާއީލަށް، ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ނުކުމެއްޖެ

އދ. ގެ އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ތެދުވުމާއެކު، ޣާއްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ގިނަ ޤައުމުތަކެއްގެ މަންދޫބުން މަޖިލިސް ދޫކޮށް މާލަމުން ނުކުމެއްޖެއެވެ. މި ގައުމުތައް މާލަން ދޫކޮށް ނުކުތީ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ނަތަންޔާހޫ، އދ. ގެ މަޖިލީހުގެ ޕޯޑިއަމް ކައިރީ ހުއްޓި ވާހަކަ ދައްކަން ފެށުމުންނެވެ. އޭނާގެ...

އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ ކޮމިޝަންގެ ރިޕޯޓު
International

އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ ކޮމިޝަންގެ ރިޕޯޓު

އިސްރާއީލުން ޣައްޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއްކަމަށް އެކަން ދިރާސާކުރުމަށްފަހު އދ. ގެ މުސްތަޤިއްލު ތަޙުޤީޤު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފިއެވެ. ދެ އަހަރާ ގާތްކުރާ މުއްދަތެއްގައި ހިނގަމުންދާ މި ހަނގުރާމައާ ގުޅިގެން އދ. ގެ ފަރާތަކުން މިފަދަ ނިންމުމަކަށް އައިސްފައިމިވަނީ، މިއީ މިހާތަނަށް އައި އެންމެ މުހިންމު ނިންމުމެއްގެ ގޮތުގައެވެ. މި ރިޕޯޓަކީ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން އައްޔަންކުރި މިނިވަން ތިން މާހިރުންގެ ޓީމަކުން އެކުލަވާލި ރިޕޯޓެކެވެ. މި ކޮމިޝަނުގ...

ޣައްޒާއަކީ ފަލަސްތީނުގެ ބައެއް، އެތަން އޮންނަންވާނީ ވެސް އެގޮތުގައި: އދ.ގެ ވެރިޔާ
News

ޣައްޒާއަކީ ފަލަސްތީނުގެ ބައެއް، އެތަން އޮންނަންވާނީ ވެސް އެގޮތުގައި: އދ.ގެ ވެރިޔާ

ޣައްޒާއަކީ ފަލަސްތީނުގެ ދައުލަތުގެ މުހިންމު ބައެއް ކަމަށާއި އެތަން ދެމި އޮންނަންވާނީ ވެސް އެގޮތުގައިކަމަށް އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެއެވެ. ގުޓެރެސް މިފަދައިން ވިދާޅުވެފައި ވަނީ އިސްރާއީލުން ޣައްޒާ ފޭރިގަންނަން ނިންމުމުން އެކަމާއިމެދު ކަންބޮޑުވުންފާޅުކޮށް ނެރުއްވި ބަޔާން އާންމުކުރަށްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ”އިސްރާއީލް ސަރުކާރުން “ޣައްޒާ ސިޓީގެ ބާރު އަތުލުމަށް” ނިންމި ނިންމުމާމެދު އަހަރެން ވަރަށް ބޮޑަށް ކަންބޮޑުވޭ. މިއީ ނުރ...

ޣައްޒާ ފޭރިގަންނަން އިސްރާއީލުން ނިންމި މައްސަލާގައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް
International

ޣައްޒާ ފޭރިގަންނަން އިސްރާއީލުން ނިންމި މައްސަލާގައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް

ޣައްޒާ ފޭރިގަންނަން އިސްރާއީލުން ނިންމި މައްސަލާގައި އދ.ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުން “ޣައްޒާ ސިޓީ ކޮންޓްރޯލް ކުރުމަށް” ނިންމި ނިންމުމާ ގުޅިގެން ހޮނިހިރު ދުވަހު (މިއަދު) މެންދުރުފަހު އދ. ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިސްރާއީލްގެ މި ނިންމުން ފުޅާދާއިރާއެއްގައި ކުށްވެރިކުރުމާއެކު މި ކުއްލި ބައްދަލުވުން ބާއްވަން އެދިފައިވަނީ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޑެން...

އިސްރާއީލުގެ ދޮގުތައް ބަޔާންކޮށް ދުނިޔޭގެ ފާހަގަކޮށްލެވޭ 200 އަށްވުރެގިނަ ލީޑަރުންގެ ސިޓީއެއް އދ.އަށް
International

އިސްރާއީލުގެ ދޮގުތައް ބަޔާންކޮށް ދުނިޔޭގެ ފާހަގަކޮށްލެވޭ 200 އަށްވުރެގިނަ ލީޑަރުންގެ ސިޓީއެއް އދ.އަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ 200 އަށްވުރެ ގިނަ ފަރާތްތަކުން ސޮއިކޮށް އިސްރާއީލްގެ ”ބޮޑެތި ދޮގުތައް” ބަޔާންކޮށް، އިސްރާއީލްގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި، އެކުވެރި ދައުލަތްތައް (އދ.)ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއަށް ގުޅިފައިވާ ސިޓީއެއް ފޮނުވައިފިއެވެ. މި ސިޓީގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ސިޔާސީ ފަރާތްތަކާއި، ތައުލީމީ މީހުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންނާއި، ދީނީ ޢިލްމްވެރިންނާއި...

އެމެރިކާގެ ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެ ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެކަމުގެ އިންޒާރު
International

އެމެރިކާގެ ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެ ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެކަމުގެ އިންޒާރު

އީރާނަށް އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ދެއްވައިފިއެވެ. އެމެރިކާއިން ވަނީ އީރާންގެ މައިގަނޑު ތިން ނިއުކްލައަރ މަރުކަޒަކަށް ރޭ ހަމަލާދީފައެވެ. އޭގެ ތެރޭގައި އީރާނުގެ ފޯޑޯ، ނަތަންޒް އަދި އިސްފަހާންގެ ނިއުކްލިއަރ މަރުކަޒު ހިމެނެއެވެ. މި ހަމަލާތަކާއި ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވީ މިކަމުގެ ސަބަބުން ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށެ...

އދ.ގެ ސެކްރެޓަރީ ޖެނެރަލް އިސްރާއީލަށް ވަނުން މަނާކޮށްފި
International

އދ.ގެ ސެކްރެޓަރީ ޖެނެރަލް އިސްރާއީލަށް ވަނުން މަނާކޮށްފި

އދ. ގެ ސެކްރެޓަރީ ޖެނެރަލް އިސްރާއީލަށް ވަނުން މަނާކޮށްފިއެވެ. އިސްރާއީލުގެ ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފައިވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް އިސްރާއީލަށް ވަނުން މަނާކޮށް، އޭނާއަކީ ޕަރސޯނާ ނޮން ގްރާޓާ (ރަސްމީކޮށް ނޭދެވޭ މީހެއް) ގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. މި ނިންމުން ނިންމާފައިވަނީ އީރާނުން އަންގާރަ ދުވަހު އިސްރާއީލަށް ދިން މިސައިލް ހަމަލާ ގުޓެރެސް ސީދާ ކުށްވެރިނުކުރުމާ ގުޅިގެންނެވެ. އަދި ހަމާސް އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ގުޓެރެސް އިޢުލާން […]

ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު ނުކުމެއްޖެ
Raajje

ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން ރާއްޖޭގެ ވަފުދު ނުކުމެއްޖެ

އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމުން އެތަނުގައި ތިބި ރާއްޖޭގެ ވަފުދު އެ ސެޝަން ދޫކޮށް އެތަނުން ނުކުމެއްޖެއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަޤްރީރު ކުރަން ފެށުމުން އެހޯލުގައިތިބި ރާއްޖޭގެ ވަފްދު އެތަނުން ނުކުމެފައިވާ ކަމަށެވެ. ރާއްޖޭގެ ވަފުދު އެ މަލާމުން ނުކުތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒ...

ރާއްޖެއަކީ ތަރައްޤީގެ އެންމެ މަތީ ހަރުފަތުގައިވާ ޤައުމެއްކަމުގައި ވުމަކީ ރައީސްގެ ތަސައްވުރު
Raajje

ރާއްޖެއަކީ ތަރައްޤީގެ އެންމެ މަތީ ހަރުފަތުގައިވާ ޤައުމެއްކަމުގައި ވުމަކީ ރައީސްގެ ތަސައްވުރު

2040 ވަނަ އަހަރު އަންނައިރު ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް ތަރައްޤީވެފައިވާ، ތަރައްޤީގެ އެންމެ މަތީ ހަރުފަތްތަކުގައިވާ ޤައުމެއްކަމުގައި ވުމަކީ އެމަނިކުފާނުގެ ތަސައްވުރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ. ރައީސް މިފަދައިން ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ. އެ ތަޤްރީރުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ދިވެހިރާއްޖޭގެ ކުރިމަގަށް ކުރައްވާ ތަޞައްވުރަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ހުރިހާ މާނަ...

ޔޫކްރެއިންގެ ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓް ދޫކޮށްލުމަށް އދ އިން ރަޝިޔާއަށް ގޮވާލައިފި
International

ޔޫކްރެއިންގެ ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓް ދޫކޮށްލުމަށް އދ އިން ރަޝިޔާއަށް ގޮވާލައިފި

ޔޫކްރެއިންގެ ޒަޕޮރީޜިޔާގައި ހުންނަ، ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒު ދޫކޮށްލުމަށް އދގެ ޢާންމު މަޖިލީހުން ރަޝިޔާއަށް ގޮވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އދގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރަށް 99 ޤައުމަކުން ތާއީދުކޮށްފައިވާއިރު، 9 ޤައުމަކުން ވަނީ ދެކޮޅު ހަދާފައެވެ. އަދި 60 ޤައުމަކުން ވަނީ ވަކި ފަރާތަކަށް ވޯޓު ނުދީފައެވެ. ރަޝިޔާއިން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިނަށް ހަމަލާދިން ފަހުން، ޒަޕޮރީޜިޔާ ނިއުކްލިޔަރ ޕްލާންޓް ވަނީ ރަޝިޔާގެ ބާރުގެ ދަށަށް […]

އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ފަލަސްތީނުގެ ރައީސް އެދިވަޑައިގެންފި
International

އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ފަލަސްތީނުގެ ރައީސް އެދިވަޑައިގެންފި

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސޭރަތު ރެފިއުޖީ ކޭމްޕްގައި އިސްރާއީލު ސިފައިން ހިންގި “ޖަރީމާ” އާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ފަލަސްތީނުން ގޮވާލައިފި އެވެ. ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ފަލަސްތީނުގެ މަންދޫބަށް އަންގަވާފައި ވަނީ ނުސީރަތު ކޭމްޕުގައި އިސްރާއީލު ސިފައިން ހިންގި ލޭ އޮހޮރުވުމުގެ ސަބަބުން ލިބޭ ގެއްލުންތަކާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގ...

އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދޭން އާންމު މަޖިލިހުން ފާސްކޮށްފި
International

އދ. ގެ މެމްބަރުކަން ފަލަސްތީނަށް ދޭން އާންމު މަޖިލިހުން ފާސްކޮށްފި

އދ.ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް އދ. ގެ އާންމު މަޖިލިހުން ރޭ ފާސްކޮށްފިއެވެ. އދ. ގެ އާންމު މަޖިލިހުން މިކަމާ މެދުގައި ގޮތެއް ނިންމި ކަމުގައި ވިޔަސް، ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރު ގައުމެއްގެ ދަރަޖަ ލިބޭނީ އދ.ގެ ސަލާމަތީ މަޖިލީހުން ފާސްވެގެންނެވެ. އ.ދ. އިން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި އާންމު މަޖިލިހަށް “އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް”ގެ ނަމުގައި ގަރާރެއް ހުށަހެޅީ ޔުނައިޓެޑް އަރަބް އެމިރޭޓްސް […]