ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރާ ގުޅޭގޮތުން އީރާނާއި އޮމާނުން އެއްބަސްވުމަކަށް
ސްޓްރެއިޓް އޮފް ހޮރްމޫޒް ނުވަތަ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ހަރަކާތްތައް ތަރުތީބުކުރުމާ ގުޅޭގޮތުން އީރާނާއި އޮމާނުން މުހިންމު އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މަސްކަޓުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަފްތާތަކެއް ވަންދެން ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު، ދެ ގައުމުން ވަނީ ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރާނެ މަގުތަކާއި ޖިއޮގްރަފީ ގޮތުން ކަނޑައެޅޭ ބައެއް ބަދަލުތަކަށް އެއްބަސްވެފައެވެ. މި ވަގުތީ އިންތިޒާމުގެ ދަށުން، ޕާޝިއަން ގަލްފަށް ވަންނަ އުޅަނދުފަހަރު ދަތުރުކުރާނީ އީރާނާ...