ދަތިކުރުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ތައްޔާރު، އެމެރިކާއަށް ލިބޭނީ އިތުރު ނާކާމިޔާބީއެއް: އީރާން
އެމެރިކާއިން އީރާނާ ދެކޮޅަށް އެޅި އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާއަށް ލިބޭނީ އިތުރު ނާކާމިޔާބީއެއް ކަމަށް އީރާނުން ބުނެފިއެވެ. ދުނިޔޭގެ އިގުތިސާދުން އީރާން އެކަހެރިކުރުމަށް އެމެރިކާއިން އިއުލާނުކުރި “އިކޮނޮމިކް ޑީ-ޑޭ” ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ އިގުތިސާދާ ބެހޭ ވަޒީރު އަލީ މަދަނީޒާދޭ ވިދާޅުވީ، ކުރިމަތިވެދާނެ ހާލަތްތައް މެނޭޖުކުރުމަށް ސަރުކާރުން ދެ އަހަރުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އެމެރިކާގެ ހަރުކަށި...