ހޮރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް ދިނުމަށް އޮމާނާއެކު އެއްބަސްވެއްޖެ
ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޚާއްޞަ އައު އުޞޫލުތަކަކާއި ދަތުރުކުރާނެ މަގުތައް ކަނޑައެޅުމާ ގުޅޭގޮތުން އީރާނާއި އޮމާނާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކާއި ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މި އެއްބަސްވުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަލާއިރު، ޕާޝިއަން ގަލްފަށް ވަންނަ އުޅަނދުފަހަރު ދަތުރުކުރާނެ މަގު މުޅިންވެސް އ...