އިސްރާއީލާއި އީރާނުން ޓްރަމްޕް ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ޤަބޫލުކޮށްފި
އިސްރާއީލާއި އީރާނުން، ޓްރަމްޕް ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން ޤަބޫލުކޮށްފިކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލާއި އީރާނުން އަންގާރަ ދުވަހު ޤަބޫލުކޮށްފައިވަނީ، މެދުއިރުމަތީގައި 12 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ހަނގުރާމަ ނިންމާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޕްލޭނެވެ. މިއީ ޤަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ބަދަލުހިފުމުގެ ގޮތުން އީރާނުން މިސައިލް ހަމަލާއެއް ދިނުމަށްފަހުގައެވެ. ދެ ފަރާތުންވެސް މި އެއްބަސްވުން ޤަބޫލުކުރީ، އީރާނުން އަންގާރަ ދުވަހު ފަތިހު އިސް...