Skip to main content
Topic Archive

#އީރާން-އިސްރާއީލް ހަނގުރާމަ

481 Stories filed
ހޯރްމޫޒް ކަނޑުއޮޅި ރަސްމީކޮށް އަލުން ހުޅުވާލައިފި
International

ހޯރްމޫޒް ކަނޑުއޮޅި ރަސްމީކޮށް އަލުން ހުޅުވާލައިފި

ހޯރްމޫޒް ކަނޑުއޮޅި މިއަދު ރަސްމީކޮށް އަލުން ހުޅުވާލައިފިކަން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މިއަދު އިޢުލާން ކުރައްވައިފިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ވިޔަފާރި އުޅަނދުފަހަރަށް މިހާރު މި ކަނޑުއޮޅި ވަނީ “މުޅިން ހުޅުވާލެވިފައެވެ.” މިއީ ސަރަހައްދުގެ މަސްރަޙު ފިނިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވޭއިރު، ތެހެރާނުން މިކަން ސިފަކުރަނީ ލުބުނާނުގެ ހަމަލާބަދަލުކުރުން ހުއްޓާލުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޕާ...

އީރާނުގެ އަސްކަރީ ގާބިލުކަން އަދިވެސް ވަރަށް ވަރުގަދަ: އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ
Raajje

އީރާނުގެ އަސްކަރީ ގާބިލުކަން އަދިވެސް ވަރަށް ވަރުގަދަ: އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ

އީރާނުގެ އަސްކަރީ ގާބިލުކަން ބޮޑުތަނުން ދަށްކޮށްލެވިފައިވީ ނަމަވެސް، އެގައުމުގެ އަތުގައި ބާކީ ހުރި ހަތިޔާރުތަކަކީ އަދިވެސް ދުޝްމަނުންނަށް ވަރުގަދަ ނުރައްކަލެއްކަން އެމެރިކާގެ އަސްކަރީ އަދި އިންޓެލިޖެންސް އިސް އޮފިޝަލުން ކަށަވަރުކޮށްދީފައެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިންނެވެ. 16 އޭޕްރީލް، ބުރާސްފަތި ދުވަހު، ޑީއައިއޭ ގެ ޑައިރެކްޓަރު، މެރިން ލެފްޓިނަންޓް ޖެނެރަލް ޖޭމްސް އެޑަމްސް، ހައުސް އާމްޑް ސާވިސަސް ސަބްކޮމިޓީގައި ހެކިބަސް ދެއްވަމުން ވިދާޅުވ...

ހަނގުރާމަ އާއި ގުޅިގެން ރައީސް އުފެއްދެވި ކޮމެޓީއަށް ބަދަލުގެންނަވައިފި
Raajje

ހަނގުރާމަ އާއި ގުޅިގެން ރައީސް އުފެއްދެވި ކޮމެޓީއަށް ބަދަލުގެންނަވައިފި

މެދުއިރުމަތީގައި ހިނގަމުން އައި ހަނގުރާމަ އާއި ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް ގެންނަވައިފިއެވެ. މި ކޮމެޓީއަކީ 2026 ފެބުރުވަރީ 28 ވަނަ ދުވަހު އުފެއްދެވި ކޮމެޓީއެކެވެ. މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މި ބަދަލާއެކު ކޮމިޓީގެ އެކުލެވުމަށް ވަނީ މުހިންމު ބަދަލުތަކެއް އައިސްފައެވެ. މި ބަދަލާއެކު ކޮމިޓީގައި މިހާރު...

އެމެރިކާ އަށްވުރެ އީރާނުގެ ބުއްދި މާކުރީގައި، ބްލޮކޭޑަށް ފަހު ވެސް 9 މިލިއަން ފީފާގެ ތެޔޮ އެކްސްޕޯޓްކޮށްފި
International

އެމެރިކާ އަށްވުރެ އީރާނުގެ ބުއްދި މާކުރީގައި، ބްލޮކޭޑަށް ފަހު ވެސް 9 މިލިއަން ފީފާގެ ތެޔޮ އެކްސްޕޯޓްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެމެރިކާގެ ކަނޑުގެ ސިފައިން އެ ސަރަހައްދު ހިސާރުކުރި ފަހުން އީރާނުން އަންނަނީ ގަލްފް އޮފް އޮމާން މެދުވެރިކޮށް ސިއްރިއްޔާތުގައި ތެޔޮ އެކްސްޕޯޓް ކުރަމުންކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެމެރިކާއިން ވަނީ ޕާކިސްތާނުގައި ބޭއްވި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކޮށް އެއްވެސް އުޅަނދަކަށް ވަދެ ނުނިކުމެވޭ ގޮތަށް ހަދާފައިވާކަމަށް ބުނެފައެވެ. ނަމަވެސް، ތެޔޮ އުފުލާ އުޅަނދުފަހަރުގެ ހަރަކާތްތ...

އެމެރިކާ އަށް އީރާނު ބްލޮކް ކުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: އީރާން
International

އެމެރިކާ އަށް އީރާނު ބްލޮކް ކުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: އީރާން

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ބްލޮކްކޮށް، ކަނޑުގެ ސަރަހައްދު ކޮންޓްރޯލް ކުރަން ފެށުމާ ގުޅިގެން، އެމެރިކާއަށް އީރާނު ބްލޮކް ކުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި އެ ގައުމުން ވަނީ އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ނަތީޖާއެއް ނުނިކުންނާނެ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.   މި ނުތަނަވަސްކަން އުފެދުނީ ޕާކިސްތާނުގައި ކުރިއަށްދިޔަ އެމެރިކާ-އީރާން ސުލްހައިގެ ވާހަކަތައް ނާކާމިޔ...

އެމެރިކާއިން ކިތަންމެ ފިއްތުމެއް ކުރިމަތިކުރިޔަސް އީރާނު ހަނގުރާމާގައި ބައިވެރިއެއް ނުވާނަން: އިނގިރޭސިވިލާތް
International

އެމެރިކާއިން ކިތަންމެ ފިއްތުމެއް ކުރިމަތިކުރިޔަސް އީރާނު ހަނގުރާމާގައި ބައިވެރިއެއް ނުވާނަން: އިނގިރޭސިވިލާތް

އެމެރިކާއިން ކިތަންމެ ވަރަށް ފިއްތުންތައް ކުރިމަތިކޮށް އިންޒާރު ދިން ނަމަވެސް، އީރާނާއެކު ކުރާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ކިއަރ ސްޓާމަރ ދެއްވައިފިއެވެ. ސްޓާމަރ ވިދާޅުވީ އީރާނުގައި ކުރާ “މި ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ދަމައިގަނެވުނަ ނުދޭނެ” ކަމަށާއި، މި ނިންމެވުމަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. އިނގިރޭސި ބޮޑުވަޒީރު މިހެން ވިދާޅުވީ، ރަސްގެފާނު އެމެރިކާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ދަތުރ...

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭ އެމެރިކާ-އީރާނުގެ މަޝްވަރާތައް އަލުން ފެށިދާނެ: ޓްރަމްޕް
International

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭ އެމެރިކާ-އީރާނުގެ މަޝްވަރާތައް އަލުން ފެށިދާނެ: ޓްރަމްޕް

އޭޕްރިލް 11-12، 2026 ގެ ބަންދު ދުވަސްތަކުގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ ފުރަތަމަ މަރުހަލާގެ މަޝްވަރާތައް ނާކާމިޔާބުވުމަށްފަހު، ކުރިއަށް އޮތް “ދެ ދުވަހެއްގެ ތެރޭގައި” ޕާކިސްތާނުގައި އެމެރިކާ އާއި އީރާނުގެ ސުލްހައިގެ ވާހަކަތައް އަލުން ފެށިދާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނިއުޔޯކް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، “ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކަމެއް ހިނގައިދާނެތީ” އަދި އެމެރިކާ އިން އެކަމަށް ބޮޑަށް ލެނބޭތީ، ޑ...

އިޓަލީން އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލައިފި
International

އިޓަލީން އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލައިފި

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް އިތުރުވަމުންދާތީ، އިޓަލީން އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވެއްޖެއެވެ. އިޓަލީން އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލާފައިވާކަން ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާއި ޑިޕްލޮމެޓިކް މަސްދަރުތަކުން އަންގާރަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ. މި އެއްބަސްވުމުގެ ދަށުން އަސްކަރީ ސާމާނާއި ޓެކްނޮލޮޖީގެ ދިރާސާތ...

އީރާނު ހަނގުރާމަ އާއި އެމެރިކާގެ 60% މީހުން ދެކޮޅު، ޓްރަމްޕްގެ ތާއީދު ރެކޯޑް މިންވަރަކަށް ދަށަށް
Report

އީރާނު ހަނގުރާމަ އާއި އެމެރިކާގެ 60% މީހުން ދެކޮޅު، ޓްރަމްޕްގެ ތާއީދު ރެކޯޑް މިންވަރަކަށް ދަށަށް

ފެބްރުއަރީ 28، 2026 ގައި އެމެރިކާ އާއި އިސްރާއީލު ގުޅިގެން ދިން ވަރުގަދަ ވައިގެ ހަމަލާތަކާއެކު (އޮޕަރޭޝަން އެޕިކް ފިއުރީ)، އެމެރިކާއިން ވަނީ އީރާނާއެކު ސީދާ އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައެވެ. މި ހަމަލާތަކުގައި އީރާނުގެ ލީޑަރޝިޕް (ސްޕްރީމް ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުން ހިމެނޭހެން)، ނިއުކްލިއަރ އަދި މިސައިލް އުފައްދާ މަރުކަޒުތަކާއި، އަސްކަރީ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ. އަދި މީނާބް ސްކޫލަށާއި، ބައެއް ކޮލެޖް ޔުނިވަރސިޓީތަކަށާއި، އަސާސީ އިންފްރާސްޓަކްޗަރ ހިމެނޭހެނ...

ދެވަނަ ބުރުގެ މަޝްވަރާތައް ބޭއްވުމަށް ޕާކިސްތާނުން ހުށަހަޅައިފި
International

ދެވަނަ ބުރުގެ މަޝްވަރާތައް ބޭއްވުމަށް ޕާކިސްތާނުން ހުށަހަޅައިފި

އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ ދެވަނަ ބުރުގެ މަޝްވަރާތައް ބޭއްވުމަށް ޕާކިސްތާނުން ހުށަހަޅާފައިވާ ކަމަށާއި، މިހާރު އިޢުލާންކޮށްފައިވާ ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު 21 ނުވަތަ 22 އެޕްރީލް 2026 އަށް ހަމަވުމުގެ ކުރިން، އީރާނުގެ މަންދޫބުންނާ ބައްދަލުކުރުމާ ބެހޭގޮތުން އެމެރިކާގެ އޮފިޝަލުން މަޝްވަރާ ކުރަމުންދާ ކަމަށް ސީ.އެން.އެން އާއި އެހެނިހެން ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފިއެވެ. ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު މަތީ ފަންތީގެ ފުރަތަމަ ފުރަތަމަ ބުރުގެ މަޝްވަރާ ބައްދަލުވުން 11...

ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާއާއި ބައިވެރިއެއް ނުވާނަން: އިނގިރޭސިވިލާތް
Raajje

ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާއާއި ބައިވެރިއެއް ނުވާނަން: އިނގިރޭސިވިލާތް

އީރާނުގެ ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުމުގައި އިނގިރޭސިވިލާތުން ބައިވެރިނުވާނެ ކަމަށާއި، އެކަމަށް ތާއީދުވެސް ނުކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެއްޖެއެވެ. މިއަދު ބީބީސީ ރޭޑިއޯ ހިމެނޭހެން ދެއްވި އިންޓަވިއުތަކެއްގައި ސްޓާމަރ ވިދާޅުވީ، ކަނޑުގެ މަގު ބަންދުކުރުމަށް ނުވަތަ ބްލޮކޭޑަކަށް އިނގިރޭސިވިލާތުން ތާއީދު ނުކުރާ ކަމަށެވެ. އަދި އިނގިރޭސިވިލާތުން އީރާނާއެކު ކުރާ ހަނގުރާމައެއްގެ ތެރެއަށް ވަންނާކަށް ބޭނުންނުވާ ކަމަށްވެސް ބޮޑ...

ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަން ސްވިޒަލޭންޑުން ހުށަހަޅައިފި
International

ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަން ސްވިޒަލޭންޑުން ހުށަހަޅައިފި

މެދުއިރުމަތީގައި އިސްލާމިކް ރިޕަބްލިކް އޮފް އިރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ހިންގާ ނުރައްކާތެރި އަސްކަރީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އީރާނަށާއި، އެމެރިކާއަށް ސްވިޒަލޭންޑުން ރަސްމީކޮށް ހުށަހަޅައިފިއެވެ. މި ހަމަނުޖެހުން އިންތިހާއަށް ބޮޑުވެގެންދިޔައީ، އިރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ދެވުނު ކަމަށް ބުނާ ޙަމަލާއާއި، އެޤައުމުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އަސްކަރީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ވަރުގަ...

އިސްރާއީލުގެ އަސްކަރިއްޔާގެ ކުރީގެ ޗީފްގެ ފޯނު ހެކްކޮށް، ގަތަރަށް ކުރި ސިއްރު ދަތުރެއްގެ މައުލޫމާތު ލީކުކޮށްލައިފި
International

އިސްރާއީލުގެ އަސްކަރިއްޔާގެ ކުރީގެ ޗީފްގެ ފޯނު ހެކްކޮށް، ގަތަރަށް ކުރި ސިއްރު ދަތުރެއްގެ މައުލޫމާތު ލީކުކޮށްލައިފި

އީރާނާ ގުޅުން އޮންނަ ‘ހަންޑަލާ’ ހެކަރުންގެ ގްރޫޕުން، އިސްރާއީލުގެ އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ހަރްޒީ ހަލޭވީގެ ފޯނު ހެކްކޮށް، އޭނާ ސިއްރު ގޮތަކަށް ގަތަރަށް ކުރި ދަތުރެއްގެ މައުލޫމާތު ލީކުކޮށްލައިފިއެވެ. މި ދަތުރުގައި ގަތަރުގެ އަމީރު ހަމަދު ބިން އަލް-ޘާނީއާ އޭނާ ބައްދަލުކުރި ކަމަށްވެސް އެ ގްރޫޕުން ލީކުކޮށްލި މައުލޫމާތުން އެނގޭކަމަށް ރިޕޯޓްތައް ބުނެއެވެ. ‘ހަންޑަލާ ހެކް ޓީމް’ އިން އާންމުކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު މަގާމުން ވަކިވި ހަލޭވީގެ ފޯނާއި ކްލައުޑް […]

ޙައްޖަށް ދިއުމުގައި ރާއްޖެއަށް ދަތިކަމެއް ނެތް، މެއި 15 ގައި ފުރަތަމަ ގްރޫޕް ފުރާނެ: ޝަހީމް
Raajje

ޙައްޖަށް ދިއުމުގައި ރާއްޖެއަށް ދަތިކަމެއް ނެތް، މެއި 15 ގައި ފުރަތަމަ ގްރޫޕް ފުރާނެ: ޝަހީމް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ. ވަޒީރު މި ޔަގީންކަން ދެއްވީ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމު...

ހަނގުރާމައިން މޮޅުނުވާތީ ޓްރަމްޕް ރުޅިގަދަވެ ހޮރްމޫޒް ބްލޮކް ކުރާނެކަމުގެ އިންޒާރުދީފި
International

ހަނގުރާމައިން މޮޅުނުވާތީ ޓްރަމްޕް ރުޅިގަދަވެ ހޮރްމޫޒް ބްލޮކް ކުރާނެކަމުގެ އިންޒާރުދީފި

އީރާނާއެކު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވެ، ހަނގުރާމައިން މިހާތަނަށް އީރާނުގެ މައްޗަށް ކުރި ހޯދިފައި ނުވާތީއާއިއެކު، އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިން ލިބޭ ގެއްލުންތައް ފޮރުވަން ހުއްޓައިނުލައި އަނގަތަޅަމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮރްމޫޒް ކަނޑުއޮޅިން ވަދެނިކުމެވާ ހުރިހާ އުޅަނދެއް އެމެރިކާއިން ހުއްޓުވާނެކަމަށްބުނެ އިންޒާރުދީފިއެވެ. ޓްރަމްޕްގެ “ޓްރޫތް ސޯޝަލް” މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކަނޑުއޮޅި ބަންދުކުރުމުގެ މަސައްކ...