''އީރާނުގެ ހަނގުރާމައަށް ފޮނުވި އެމެރިކާގެ މަނަވަރެއްގައި ރޯވެ ލިބުނު ގެއްލުން ރިޕޯޓްކުރި ވަރަށް ވުރެ މާބޮޑު''
މި އަހަރުގެ ކުރީކޮޅު އީރާނާއި ދެކޮޅު ހަނގުރާމައަށް މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ މަނަވަރެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ޕެންޓަގަންއިން ކުރިން ރިޕޯޓްކޮށްފައިވާ ވަރަށް ވުރެ މާ ނުރައްކާތެރި ހާދިސާއެއްކަން ސީއެންއެން އިން އާންމުކުރި ވީޑިއޯއަކުން ހާމަވެއްޖެއެވެ. ބުރާސްފަތި ދުވަހު އާންމުވި މި ވީޑިއޯއިން ފެންނަ ގޮތުގައި، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑަށް ލިބިފައިވާ ގެއްލުންތައް ކުރިން ބުނި ވަރަށް ވުރެ ބޮޑެވެ. މާޗް މަހު މި ހާދިސާ ހިނގުމުން އެމެރިކާގެ ނޭވީން ނެރުނު ބަޔާނެއްގައި ބު...