މި މަހުގެ 28 ވާ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީ މުފްތީ މެންކް
މި އޮކްޓޯބަރ މަހުގެ 28 ވާ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީ ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ. މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ހުތުބާގެ މައުޟޫއަކީ “ތިބާއާއި މާތްﷲއާ ދެމެދުގެ ގުޅުންތައް ދިރުވުން” ކަމަށާއި މުސްތީ މެންކް ހުތުބާ ދެއްވާނީ އިނގިރޭސިބަހުން ކަމަށެވެ. Iraadha kurehvihyaa 28 October 2022 vaa Hukuru dhuvahu, […]