ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމުކުރަން ހަވާލުކޮށްފި
ހއ. ކެލާ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ، ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިި މަސައްކަތް ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފާއި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތުގެ އަގަކީ 3.8 މިލި...