Skip to main content
Topic Archive

#އިބްރާޙީމް ޝަރީފް(ކެލާ އިބްރޭ)

47 Stories filed
އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް ގަދަރާއެކު ވޯޓް ދެވެން ޖެހޭނެ: އިބްރޭ
Parliament

އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް ގަދަރާއެކު ވޯޓް ދެވެން ޖެހޭނެ: އިބްރޭ

ބޯމަތިވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ މެންބަރަކު ހިޔާރުކުރާ ކެނޑިޓޭޓަކަށް މިނިވަންކަމާއެކު، ގަދަރާއެކު ވޯޓް ދެވެން ޖެހޭނެކަމަށް ކެލާ ދާއިރާގެ މެންބަރު، އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެ ޕާޓީގެ ތެރޭގައި ވަނީ ވަރަށް ފޯރި ގަދަ ވެފައެވެ. ޕާޓީ ދެ އަތަށް ކަފިވެފައިވާއިރު، ދެ ފަރާތުގެ ސަޕޯޓަރުންގެ މެދުގައި “ފިނި ހޫނުމިން” އެކި ވަގުތު ހުރީ އެކި މިނުގައެވެ. މި ފޯރީގައި އެކަކު އަނެކަކަށް އިނގިލިދިއްކޮށް، އިލްޒާމް އެޅުވުމުގެ […]

"ގްރީން ޓެކްސްއިން ބައެއް ރަށްރަށަށް ޚަރަދުކުރެވޭ ގޮތަށް އޮތުން މުހިންމު"
Parliament

"ގްރީން ޓެކްސްއިން ބައެއް ރަށްރަށަށް ޚަރަދުކުރެވޭ ގޮތަށް އޮތުން މުހިންމު"

ފަތުރުވެރިކަން ގާއިމުވެފައިވާ ރަށްރަށުން ޚިދުމަތް ހޯދާ ފަތުރުވެރިންގެ އަތުން ނެގޭ ގްރީން ޓެކްސްއިން ބައެއް އެ ރަށްރަށުގެ ވޭސްޓް މެނޭޖްމެންޓާއި، ތިމާވެށްޓާއި، ފަރަށް ލިބޭ ގެއްލުންތަކާއި އަދި މިނޫން ވެސް ތިމާވެއްޓާއި ގުޅުން ހުރި ކަންކަމަށް ޚަރަދު ކުރެވޭ ގޮތަށް ޤާނޫނު އޮތުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވ...

އެމްޑީޕީއަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެން: އިބްރޭ
Parliament

އެމްޑީޕީއަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެން: އިބްރޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ވެރިކަމަށް އަންނަން ފަސޭހަވާނީ ސަރުކާރަށް ތާއީދު ކުރާ މީހަކު ޗެއާޕާސަންކަމަށް ހޮވައިގެންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެމްޑީޕީގެ އެންމެ ބޮޑު އަމާޒަކަށް ވާންވާނީ، އެ ޕާޓީން ރައްޔިތުންނާއި ހަމައަށް ގެނެސްދިން މެނިފެސްޓޯއާއެކީ ރައްޔިތުން އެދޭ، ހެޔޮ ވެރިކަމެއް ކޮށްދިނުން ކަމަށެވެ. އޭނާ ފާހ...

ޖެއްސުންކޮށްގެން މައްސަލަ ހައްލެއްނުވާނެ، އިދިކޮޅުން ކަންކުރާގޮތުން ދަތިވޭ: އިބްރޭ
Parliament

ޖެއްސުންކޮށްގެން މައްސަލަ ހައްލެއްނުވާނެ، އިދިކޮޅުން ކަންކުރާގޮތުން ދަތިވޭ: އިބްރޭ

ސިއްހީ ދާއިރާގައި ކުރިމަތިވާ މައްސަލަތައް ހައްލުވާނީ ސަރުކާރަށް ޖެއްސުންނުކޮށް އެންމެންވެސް އެކަމާއި އުޅިގެންކަމަށާއި، އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުންނަގޮތުން އެކަން ހައްލުކުރުމަށް ގޮންޖެހުންތައް ކުރިމަތިވާކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްތައް ރަނގަޅަށް ނުލިބޭ ކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ތަޅުމުގައި އިއްޔެ ވާހަކަ...

މެމްބަރު އިބްރޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ
Thiladhunmathi News

މެމްބަރު އިބްރޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ)، ކެލާ ދާއިރާގައި ހިމެނޭ، ފިއްލަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ ރައްޔިތުންނާއި މެމްބަރު އިބްރޭ ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މި މާރިޗް މަހުގެ 5 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި ކަމަށެވެ. ފިއްލަދޫ އެކައުންސިލުން ވަނީ މިބައްދަލުވުމުގައި ރަށުގެ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދިލައްވާފައެވެ. އަދި ބައްދަލު...

ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު: އިބްރޭ
Thiladhunmathi News

ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކީ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު: އިބްރޭ

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަކީ ޤައުމެއްގެ އިޤުތިޞާދުގެ މުހިންމު އެއް އިންޖީނު ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ހުށަހަޅުއްވާފައިވާ ކުދި އަދި މެދު ފަންތީގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އިބްރޭ ވިދާޅުވީ އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކީ މި ދަނޑިވަޅަށް […]

ހަގީގަތް ގަބޫލު ކުރާނަމަ "އިންޑިޔާ އައުޓެއް" ނުގޮވާނެ: އިބްރޭ
Thiladhunmathi News

ހަގީގަތް ގަބޫލު ކުރާނަމަ "އިންޑިޔާ އައުޓެއް" ނުގޮވާނެ: އިބްރޭ

އަވަށްޓެރި އިންޑިއާއިން ދިވެހި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ވަރަށް ބޮޑުކަމަށާއި، މި ހަގީގަތް ގަބޫލު ކުރާނަމަ “އިންޑިޔާ އައުޓެއް” ނުގޮވާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން އިސްވެއޮވެ އަންނަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލާ “އިންޑިއާ މިލިޓަރީ އައުޓް” ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. އެ ހަރަކާތަށް އިޝާރާތް ކުރައްވަމުން ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ފޮޓޯ ހ...

ކެލާ ދާއިރާގެ ރަށްތަކުގެ ސްކޫލްތަކާ ގުޅޭ އެކި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
Thiladhunmathi News

ކެލާ ދާއިރާގެ ރަށްތަކުގެ ސްކޫލްތަކާ ގުޅޭ އެކި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ކެލާ ދާއިރާގެ ރަށްތަކުގެ ސްކޫލްތަކާ ގުޅޭ އެކި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ހިންގާފައި ވަނީ އިއްޔެ ‏މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓާއި، އަދި ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ)އާއި އެކު ކުރިއަށް ދިޔަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ ކެލާ ދާއިރާގެ ރަށްތަކުގެ ސްކޫލްތަކާ ގުޅޭ އެކި އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެ ސްކޫލްތަކަށް ބޭނުންވާ […]

ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ތަރައްގީ ކުރުން އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު
Thiladhunmathi News

ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ތަރައްގީ ކުރުން އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު

ހއ. ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ނުވަތަ ސުޕަރ ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަކީ އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެއްކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން އިބްރޭ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ކަންތައްތައް އޮތީ މާލެކައިރިއަށް ޖަމާވެ، ފުނި ޖެހިފައި ކަމަށެވެ. މި ހަރަކާތްތައް ރާއްޖޭގެ ސަރަހައްދުތަކަށް ބަހާލެވި، އިޤްތިޞާދީ މަސައްކަތްތ...

ކެލާގައި ކުރިއަށްދާ ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯހުގެ ބައިވެރިންނަށް މެންބަރު އިބްރޭ ގޮގްލްސް ހަދިޔާކޮށްފި
Thiladhunmathi News

ކެލާގައި ކުރިއަށްދާ ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯހުގެ ބައިވެރިންނަށް މެންބަރު އިބްރޭ ގޮގްލްސް ހަދިޔާކޮށްފި

ހއ. ކެލާގައި ކުރިއަށްދާ ސުވިމިން އިންސްޓްރަކްޓަރ ތަމްރީނުކުރާ ކޯހުގެ ބައިވެރިންނަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) ގޮގްލްސް ހަދިޔާ ކުރައްވައިފި އެވެ. މި ކަމަށްޓަކާ ކެލާ ކައުންސިލުން ވަނީ މެންބަރު އިބްރާހިމް ޝަރީފް އަށް ޝުކުރު ދަންނަވާފައެވެ. ކެލާ ކައުންސިލާ ސުވިމިން އެސޯސިއޭޝަން ގުޅިގެން އެރަށުގައި ކުރިއަށްގެންދާ މި ކޯހަކީ ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯހެކެވެ. މި ކޯހުގައި 15 ފިރިހެން ބައިވެރިންނާއި 3 އަންހެން ބައިވެރިންނާއެކު ޖުމްލަ 18 މީހަކު […]

މެންބަރު އިބްރޭ ފިއްލަދޫއަށް ވަޑައިގަތުމުން އަޑު އުފުލައިފި
Thiladhunmathi News

މެންބަރު އިބްރޭ ފިއްލަދޫއަށް ވަޑައިގަތުމުން އަޑު އުފުލައިފި

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން ދައްޕަރު ވަކިކޮށް، އެތަނުގައި ހިންގަން އުޅޭ މަޝްރޫޢާއި ގުޅިގެން ފިއްލަދޫގެ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކޮށް އަޑު އުފުލައިފިއެވެ. ފިއްލަދޫ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކުރީ ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރައްވާ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު އެރަށަށް ވަޑައިގަތުމުންނެވެ. އިބްރޭ އެރަށަށް ވަޑައިގަތީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ކުރެއްވި ޒިޔާރަތެއްގައެވެ. ފިއްލަ...

މިދިޔަ ސަރުކާރުގައި ޖަނަވާރަށް ވެސް އިންސާފެއް ނުލިބުނު: ކެލާ އިބްރޭ
Parliament

މިދިޔަ ސަރުކާރުގައި ޖަނަވާރަށް ވެސް އިންސާފެއް ނުލިބުނު: ކެލާ އިބްރޭ

އިބްރޭ ވިދާޅުވީ އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ހެޔޮ ނިޔަތުގައި ކަންތައްތައް އިސްލާޙް ކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އަދި މި ސަރުކާރަކީ މިފަދަ ހުރިހާ މައްސަލައެއް ތަހުގީގުކޮށް ބަލައި، އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާ ސަރުކާރެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވި ހުރިހާ މެންބަރުން ވެސް ވޯޓު ދެއްވީ ހެޔޮ ނިޔަތުގައި ނަމަވެސް، މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް […]

އިބްރޭގެ އެހީތެރިކަން ފިއްލަދޫ ރައްޔިތުންނަށް
Thiladhunmathi News

އިބްރޭގެ އެހީތެރިކަން ފިއްލަދޫ ރައްޔިތުންނަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދުގެ ހާލަތުގައި އޮތް ހއ. ފިއްލަދޫ ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލީހުގައި ފިއްލަދޫ ހިމެނޭ ދާއިރާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ރޯ މަސް ހަދިޔާ ކުރަށްވައިފިއެވެ. ފުރަބަންދުގެ ސަބަބުން ފިއްލަދޫގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މެންބަރު އިބްރޭ މިއަދު ވަނީ 975 ކިލޯ ރޯމަސް އެރަށަށް ހަދިޔާ ކުރަށްވާފައެވެ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަޠުޙުﷲ ޙަސަން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އިބްރޭ މިއަދު...

އިދިކޮޅުން ކަންބޮޑުވެގެން އުޅުނީ ޔާމީނަށް ކޯވިޑް ޖެހިދާނެތީ: އިބްރޭ
Thiladhunmathi News

އިދިކޮޅުން ކަންބޮޑުވެގެން އުޅުނީ ޔާމީނަށް ކޯވިޑް ޖެހިދާނެތީ: އިބްރޭ

ރާއްޖޭގެ އިދިކޮޅު ފަރާތްތައް ކަންބޮޑުވެގެން އުޅުނީ ރާއްޖޭގައި އޮތް ކޯވިޑްގެ ހާލަތުގެ ސަބަބުން ނޫންކަމަށާއި، އިދިކޮޅުން ބޭނުންވީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމަށް ކޯވިޑް ޖެހިދާނެތީ ޖަލުން ގެޔަށް ބަދަލުކުރަން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 5 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އިބްރޭ ވިދާޅުވީ، މިއީ ވާދަވެރި ފަރާތްތަކުން ވެސް އެކުވެރިވާންވީ ވަގުތު […]

މިއީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫން: އިބްރޭ
Parliament

މިއީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫން: އިބްރޭ

ދިވެހިރާއްޖެ ތަޖުރިބާ ކުރަމުންދާ ކޯވިޑްގެ ހާލަތު ދުނިޔޭގެ އެތައް ގައުމެއް ތަޖުރިބާ ކޮށްފިކަމަށާއި، މިއީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، ރާއްޖެއާއި މާވަށު ދާއިރާގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. އިބްރޭ ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ކޯވިޑުގެ ހާލަތު މެނޭޖުކުރަމުން ގެ...