އިންޑިއާގައި ވިހަ ބަނގުރާ ބޮވިގެން 15 މީހުން މަރުވެ، 40 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލަށް
އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ސާގަރު ޑިސްޓްރިކްޓުގައި ވިހަ ބަނގުރާތަކެއް ބޮވުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 15 އަށް އަރައި، 40 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ސާގަރުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަނުރާގް ސުޖާނިޔާ ވިދާޅުވި ގޮތުގައި މި ހާދިސާގައި މަރުވި 15 މީހުންގެ ތެރޭގައި ބަނގުރާ ވިއްކުމުގެ ނެޓްވޯކުގައި ހިމެނޭ ތުހުމަތުކުރެވޭ މީހަކުވެސް ހިމެނެއެވެ. މި ހާދިސާއާ ގުޅިގެން އެކްސައިޒް ތިން އޮފިޝަލަކާއި ދެ ފުލުހަކު ވަނީ ސަސްޕެންޑްކޮށްފައެވެ. މި މައްސަލައިގައި [...