ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ވާހަކަ ދޮގުކޮށްފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކުގައި އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށް ބުނެ، އިންތިހާބީ ރައީސްގެ އޮފީހުން ދެއްކި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އެސްޓީއޯއަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމ...