ކައުންސިލުތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ވިސްނުންފުޅެއް، ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައިފި
ކައުންސިލަރުންގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ތިބޭގޮތަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އާ ޚިޔާލެއް ފާޅުކުރަށްވައި، އެ ޚިޔާލުފުޅަށް ރައްޔިތުން ބަހުސްކޮށް، ޚިޔާލް ހުށަހެޅުމަށް ރޭ ހުޅުވާލައްވައިފިއެވެ. މިގޮތުން ރޭ ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިންވެސް ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެކަމަށެވެ. އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާ...