ރާއްޖޭގެ ފަތުރުވެރިކަން އެހެން މިސްރާބަކަށް ގެންދިޔުމަށް ހެރިޓޭޖް ޓޫރިޒަމް ދިރާސާ ކުރަންޖެހޭ: ނަސީމް
ރާއްޖޭގެ ފަތުރުވެރިކަން އެހެން މިސްރާބަކަށް ގެންދިޔުމަށް ހެރިޓޭޖް ޓޫރިޒަމް ފަދަ ދާއިރާތައް ހޯދާ ބަލައި ދިރާސާކުރަން ޖެހޭކަމަށް ސިއްހަތާ ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ގާލާ ނައިޓް ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގާ ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަރިކަ ރައްކާކޮށް ހިމާޔަތްކޮށް، އެއީ ބަދަލުވަމުންދާ ވެރިކަމާއެކު ބަދަލުނުވެ އޮތް ހަގީގަތަކަށް ހަދަން ގާނޫނީގޮތުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގަ...