Skip to main content
Topic Archive

#އަބުދުއްރަޙީމް ޢަބުދުﷲ(އަދުރޭ)

58 Stories filed
ޔާމީނަށް ކުރިމަތިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: އަދުރޭ
Raajje

ޔާމީނަށް ކުރިމަތިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: އަދުރޭ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމަށް ކުރިމަތިލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ހުޅުވާލުމާއެކު ޔާމީންގެ ކެނޑިޑެންސީ ފައިލް ކުރެވޭނެ ކަމަށެވެ. އެއާއެކު 48 ގަޑިއިރު...

ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ: އަދުރޭ
Raajje

ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ: އަދުރޭ

ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރުމަށް ނިންމައި، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދިނުމަށް ނިންމާފައިވާކަމަށް އަޑު ފެތުރުމާއި ގުޅިގެންނެވެ. ޖޭޕީގެ ލީޑަރ އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމް އާއެކު ކޯލިޝަން ހެދުމަށް ދައުވަތު ޕީޕީއެމް/ޕީއެ...

މިފެށި މަސައްކަތް ދެން ނިންމާނީ ރައީސް ޔާމީން ވެރިކަމުގެ ގޮނޑީގައި ބައިންދާފައި: އަދުރޭ
Raajje

މިފެށި މަސައްކަތް ދެން ނިންމާނީ ރައީސް ޔާމީން ވެރިކަމުގެ ގޮނޑީގައި ބައިންދާފައި: އަދުރޭ

ޕްރޮގްރެސިވް ކޯލިޝަނުން ފަށާފައިވާ ސިޔާސީ ހަރަކާތްތައް ދެން ނިންމާނީ އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމަށް ގެނައުމަށްފަހުގައިކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ސިލްސިލާ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ރޭ ވަނީ ވެރިރަށްމާލޭގެ އާޓިފިޝަލް ބީޗުގައި ”ދުއްޕާން” ނަމުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. ގިނަ...

ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަކުރެއްވޭނެކަން ޔަގީން: އަދުރޭ
Raajje

ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަކުރެއްވޭނެކަން ޔަގީން: އަދުރޭ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ލެއްވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ފެށި “ހޯޕް ކޮންފަރެންސް” ގައި ވާހަކަ ދައްކަވަމުންނެެވެ. އަދުރޭ ވިދާޅުވީ ދިވެހި ގައުމުގެ މިނިވަން ކަމަށްޓަކައި ފަހު ނޭވާއާ ޖެހެންދެންވެސް މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ކޮންފަރެންސް ފެށިގެންދާއިރު މިއީ އުފާވެރިނޫން...

ރައީސްގެ ވާހަކަފުޅުގެ ތެރެއިން އަދުރޭގެ އަޑު ''އިންސާފަކީ ކޯއްޗެއްކަން ދައްކާލާނަން''
Raajje

ރައީސްގެ ވާހަކަފުޅުގެ ތެރެއިން އަދުރޭގެ އަޑު ''އިންސާފަކީ ކޯއްޗެއްކަން ދައްކާލާނަން''

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ފުރަތަމަ ޖަލްސާ އޮތީ މިރޭ އެމްޑީޕީގެ މައި ހަރުގޭގައެވެ. އެ ޖަލްސާއާއި ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ވަނީ އެމްޑީޕީގެ ހަރުގެ ހުންނަ ދިމާ އާޓިފިޝަލް ބީޗަށް މިރޭ އެއްވެ ސިޔާސީ ހަރަކާތް ހިންގާފައެވެ. ރައީސް ޞާލިޙްގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަލްސާ ފެށުމާއެކުހެން އިދިކޮޅުން ވެސް އެ ޖަލްސާ ހިނގަމުން […]

އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ހަރަކާތަކަށް މި ދަނީ ތައްޔާރުވަމުން: އަދުރޭ
Raajje

އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ހަރަކާތަކަށް މި ދަނީ ތައްޔާރުވަމުން: އަދުރޭ

އިންޑިއާގެ މުސްލިމުންގެ ހައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުތުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޢިއުލާންކޮށްފިއެވެ. އެކަން ޢިއުލާންކޮށްފައި ވަނީ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އަދުރޭ ވިދާޅެފައި ވަނީ، އަވަށްޓެރި އިންޑިޔާގެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންގެ ޙައްގުގައި އަޑު އުފުލުމުގެ ޙަރަކާތަކަށް ނުކުންނަން ތައްޔާރުވަމުން ގެންދަވާ ކަމަށެވެ. އަވަށްޓެރި އިންޑިޔާގެ...

ޕީޕީއެމް އަކީ މައުމޫން ވަށައިގެން އެނބުރޭ ޕާޓީއެއް ނޫން، މިއީ ފިކުރެއް: އަދުރޭ
Raajje

ޕީޕީއެމް އަކީ މައުމޫން ވަށައިގެން އެނބުރޭ ޕާޓީއެއް ނޫން، މިއީ ފިކުރެއް: އަދުރޭ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ފިކުރެއްގެ މައްޗަށް ބިނާވެފައި އޮތް ޕާޓީއެއްކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ރޭ ޕީޕީއެމްއިން ބޭއްވި ޖަގަހަ ޖަލްސާގައި އަދުރޭ ދެއްކެވި ވާހަކައިގެ މައިގަނޑު އަމާޒަކަށް ވެފައި ވަނީ، ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ދަރިކަނބަލުން މިހާރުގެ ފަންނާއި، ތަރިކައިގެ ވަޒީރު ޔުމްނާ މައުމާނާއި، މައުމޫންގެ ވެރިކަމުގެ އަނިޔާވެރިކަމުގެ މައްޗަށެވެ. އަދުރޭ ޔުމްނާއަށް ރައްދުދެއްވީ ކުރީގެ...

މަސައްކަތް މިކުރަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ހޮވަން: އަދުރޭ
Thiladhunmathi News

މަސައްކަތް މިކުރަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ހޮވަން: އަދުރޭ

މަސައްކަތް ކުރަށްވަމުން ދަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ގޮނޑިއެއް ހޯދަން ނޫންކަމަށާއި، މަސައްކަތް ކުރަށްވަނީ އަޅުވެތިކަމަށް ނޫނެކޭ ބުނާނެ، ތަފާތުދީންތައް ގެނައުމާ ދެކޮޅަށް ވަކާލާތުކުރާނެ މީހަކު ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ހޮވަން ކަަމަށް ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށް ތާއީދު ހޯދަން އ...

އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
Raajje

އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅުން މާލޭ ސިޓީގައި މިއަދު ހަވީރު އިހުތިޖާޖު ފަށާފައިވަނިކޮށެވެ. އެ އިހުތިޖާޖުގައި ބައިވެރިވާ، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް ތަމްސީލް ކުރަށްވާ ކައުންސިލް މެންބަރަކު ”ތިލަދުން”އަށް ވިދާޅުވީ، އަދުރޭ ހައްޔަރުކުރީ އެކޯލިޝަންގެ ބައެއް ޕާލަމެންޓް މެންބަރުންނާއި، އިސްވެރިންނާއެކު ހިންގަވާފައި ބްރިޖާއި ދިމާއަށް ވަޑައިގަން...

ހައްޔަރު ކުރީ ކަކުލަށް ތަދުވާތީ އިށީނދެ އިންދާ: އަދުރޭ
Raajje

ހައްޔަރު ކުރީ ކަކުލަށް ތަދުވާތީ އިށީނދެ އިންދާ: އަދުރޭ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭ ސިޓީގައި ކުރަމުންދާ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން އިއްޔެ ހައްޔަރުކުރި އެ ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ (އަދުރޭ) އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާއިރު، އިއްޔެ އަދުރޭ ހައްޔަރު ކުރީ ކަކުލަށް ތަދުވާތީ މަގުމަތީ އިށީނދެ ވަޑައިގެން އިންނަވަނިކޮށް ކަަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އަދުރޭއާއި ޝުޖާއު ހައްޔަރު ކުރީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންއާ […]

އަދުރޭ އާއި ޝުޖާއު ދޫނިދޫއަށް، ޝިޔާމް ދޫކޮށްލައިފި
Raajje

އަދުރޭ އާއި ޝުޖާއު ދޫނިދޫއަށް، ޝިޔާމް ދޫކޮށްލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭ ސިޓީގައި ކުރަމުންދާ އިހުތިޖާޖުތަކުގެ ތެރެއިން ހައްޔަރުކުރި ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު މިރޭ ދޫނިދުއަށް ބަދަލުކޮށްފިއެވެ. މީގެއިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިރޭ ހައްޔަރު ކުރުމަށްފަހު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފަ އެވެ. އަދުރޭއާއި ޝުޖާއު ހައްޔަރު ކުރީ އިންޑިއާއިން ރާއްޖެ...

ސައިކަލް ބުރުގައި ބައިވެރިވި ހުރިހާ ޒުވާނުން ޖޫރިމަނާ ކުރިނަމަ ހެޔޮވަރުގެ އާމްދަނީއެއް ލިބުނީސް: އަދުރޭ
Raajje

ސައިކަލް ބުރުގައި ބައިވެރިވި ހުރިހާ ޒުވާނުން ޖޫރިމަނާ ކުރިނަމަ ހެޔޮވަރުގެ އާމްދަނީއެއް ލިބުނީސް: އަދުރޭ

ސައިކަލް ބުރުގައި ބައިވެރިވި ކޮއްމެ ޒުވާނަކަށް އެދުވަހު އެތަނުން 1000 ރުފިޔާގެ ޖޫރިމަނާ ސްލިޕެއް ދެއްވިނަމަ ދައުލަތަށް ހެޔޮވަރުގެ އާމްދަނީއެއް ލިބުނީސް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު “ޕްރޮގްރެސިވް ކޯލިޝަން” ލީޑުކުރަށްވާ، ކުރީގެ ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދުރޭ މިހެން ވިދާޅުވީ ރޭ ކުރެއްވި ޓުވީޓެއްގައިއެވެ. އަދުރޭ ވިދާޅުވީ ސައިކަލް ބުރުގައި ބައިވެރިވި ކޮއްމެ ޒުވާނަކަށް އެދުވަހު އެތަނުން 1000 ރުފިޔާގެ ޖޫރިމަނާ ސްލިޕެއް ދެއްވިނަމަ...

އިންޒާރު ދިނަސް ދިވެހި ޤައުމުގެ ހައްގުގައި ދިވެހިން ތެދުވާނެ: އަދުރޭ
Raajje

އިންޒާރު ދިނަސް ދިވެހި ޤައުމުގެ ހައްގުގައި ދިވެހިން ތެދުވާނެ: އަދުރޭ

ކިތަންމެ އިންޒާރެއް ދިނަސް ދިވެހިން ދިވެހި ޤައުމުގެ ހައްގުގައި ތެދުވާނެ ކަމަށް ޕީއެންސީގެ ރައީސް، ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައި އެވެ. “މިއަދު ބޭއްވި ސައިކަލް ބުރުގެ ބައިވެރިންނާއި މެދު ފިޔަވަޅު އަޅާނަން: ފުލުހުން” މި ސުރުޚީގެ ދަށުގައި ނޫހެއްގައި ލިޔެފައިވާ ލިޔުމެއް...