Skip to main content
Topic Archive

#އަބުދުއްރަޙީމް ޢަބުދުﷲ(އަދުރޭ)

58 Stories filed
ރައީސް މުއިއްޒާއެކު މިތިބީ ފިސާރި ސާބިތުވެ، ފަސް އެނބުރި ބެލުމެއް ނެތް: އަދުރޭ
Raajje

ރައީސް މުއިއްޒާއެކު މިތިބީ ފިސާރި ސާބިތުވެ، ފަސް އެނބުރި ބެލުމެއް ނެތް: އަދުރޭ

ފަސްއެނބުރި ބެލުމެއް ނެތި ޕީޕީއެމް/ޕީއެންސީ ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަދުރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ އެންމެ ފުރަތަމަ ގައުމު އިސް ކުރާ ދެ ޕާޓީ ކަމަށެވެ. އަދި އެ ދެ ޕާޓީ އޮތީ ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް މުއިއްޒާއެކު ފިސާރި ސާބިތުވެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. “މާތް ﷲ ގެ ވާގިފުޅާ އެކު ރައީސް ޑރ. މުއިއްޒުގެ ސަރުކާރު […]

ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި އަދުރޭ އަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރުކަން
Raajje

ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައި އަދުރޭ އަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރުކަން

ޕީޕީލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ)، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރަކަށް ޢައްޔަނު ކުރައްވައިފިއެވެ. އަދުރޭ މި މަގާމަށް ޢައްޔަނުކޮށްފައި ވަނީ، ސީނިއާ މިނިސްޓަރެއްގެ ފެންވަރުގައެވެ. އަދުރޭ އަށް މަގާމުގެ ފަތްކޮޅު އެރުވީ، ރައީސް އޮފީހުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒެވެ.

ވީއައިއޭ މަޝްރޫއަށް ފައިސާ ހޯދީ މި ސަރުކާރަކުން ނޫން، މުއިއްޒު: އަދުރޭ
Raajje

ވީއައިއޭ މަޝްރޫއަށް ފައިސާ ހޯދީ މި ސަރުކާރަކުން ނޫން، މުއިއްޒު: އަދުރޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއު ނިންމަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ދިނުމަށް ނިންމި އިރު، އެ ފައިސާ ހޯދީ މި ސަރުކާރަކުން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރަށް ބޭނުންވި 79.8 މިލިއަން ޑޮލަރު (1.2 […]

މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން: އަދުރޭ
Raajje

މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން: އަދުރޭ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެ ދައުރު ދިނުމަކީ ބޭނުންވާ ގޮތް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުމަށް ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން މި ހިނގާ ޓްރާންސިޝަން މުއްދަތުގައި ދައުލަތުގެ އިދާރާތަކ...

ވެރިކަމުގެ ބާރުތައް އޮމާންކަމާއެކީގައި ދަނީ ބަދަލު ކުރެވެމުން: އަދުރޭ
Raajje

ވެރިކަމުގެ ބާރުތައް އޮމާންކަމާއެކީގައި ދަނީ ބަދަލު ކުރެވެމުން: އަދުރޭ

ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް އޮމާންކަމާ އެކީގައި ކުރިއަށްދާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އައްޔަންކޮށްފައިވާ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންތިގާލީ އޮފީހެއް އުފެދި، އެ އޮފީހަށް އިންތިގާލީ ރައީސް ކަނޑައަޅުއްވާ ޑައިރެކްޓަރު...

ކެބިނެޓް އެކުލަވާލާނީ މުއިއްޒު، އެކަމަށް އިތުރު ފަރާތެއްގެ ލިސްޓެއް ބޭނުމެއްނުވޭ: އަދުރޭ
Raajje

ކެބިނެޓް އެކުލަވާލާނީ މުއިއްޒު، އެކަމަށް އިތުރު ފަރާތެއްގެ ލިސްޓެއް ބޭނުމެއްނުވޭ: އަދުރޭ

ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ރާއްޖޭގެ ވެރިކަން ހަވާލުކުރީ ޑރ. މުޙައްމަދު މުޢިއްޒު އާއި ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުުދުތައް ފުއްދެވުމުގެ މަސައްކަތްތައް ކުރެވޭނީ އެމަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައިކަމަށް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ...

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް އަދުރޭ
Raajje

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް އަދުރޭ

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަން ކުރައްވައިފިއެވެ. މިއީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ކޮމެޓީއެކެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ޢަބްދުއްރަހީމް އަބްދުﷲ ހަމަޖެއްސެވުމާއި ގުޅިގެން މަސްއޫލިއްޔަތު ހަވާލު ކުރެއްވުމަށް ސިވިލް ސާވިސް ކޮމިޝަންގައި މިއަދު ވަނީ ާއްސަ...

ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމަށް އަދުރޭ ތުހުމަތު ކުރައްވައިފި
Raajje

ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމަށް އަދުރޭ ތުހުމަތު ކުރައްވައިފި

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ބޭނުން ކުރަން ނިންމާފައިވާ ވޯޓު ކަރުދާސްތަކެއް ބޭރުވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ލ. ގަމަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ބޮޑު ޖަލްސާގައި އަދުރޭ ވިދާޅުވީ...

އަދުރޭ ވިދާޅުވަނީ ހަ ލަނޑު ޖަހައި، %60 ވޯޓު ހޯއްދަވާނެ ކަމަށް!
Raajje

އަދުރޭ ވިދާޅުވަނީ ހަ ލަނޑު ޖަހައި، %60 ވޯޓު ހޯއްދަވާނެ ކަމަށް!

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 6-0 ގެ ނަތީޖާއަކުން ކަމަށާއި އެއީ ރައްޔިތުންގެ %60 ވޯޓު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ފައިނަލް މެޗެއްގެ ފުރަތަމަ ހާފް ކަމަށާއި ފަހު ހާފްގައި އެމްޑީޕީ އާއި ގުޅިފައިވާ […]

ކޮންމެ ޕާޓީއަކާ ވެސް މަޝްވަރާ ކުރަން ޔާމީންގެ ރުހުން އެބައޮތް: އަދުރޭ
Raajje

ކޮންމެ ޕާޓީއަކާ ވެސް މަޝްވަރާ ކުރަން ޔާމީންގެ ރުހުން އެބައޮތް: އަދުރޭ

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރުހުން ލިބިފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަން ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަދުރޭ ވިދާޅުވީ އެކުގައި މަސައްކަތްކުރަން ތިބި ކޮންމެ ޕާޓީއަކާއެކު ވެސް މަަސައްކަތްކުރ...

ޕާޓީ ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން، މަގުމަތިވީ ވެސް އެމީހުން: އަދުރޭ
Raajje

ޕާޓީ ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން، މަގުމަތިވީ ވެސް އެމީހުން: އަދުރޭ

ޕާޓީ ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން ކަމަށާއި މަގުމަތިވީ ވެސް އެމީހުން ކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އަށް ރައްދު ދެއްވައިފިއެވެ. އޭނާ މިފަދައިން ވިދާޅުވެ، ރައްދު ދެއްވާފައި މިވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ވަހީދު، މާމިގިލީގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ. ވަހީދު ވިދާލުވެފައިވަނީ ޕީޕީއެމްގައި ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކު ރިޔާސީ އިންތިހާ...

ރައީސް ޔާމީނަކީ ދޭ އަނިޔާއަށް ފަސް އެނބުރި ބައްލަވާނެ ބޭފުޅެއް ނޫން: އަދުރޭ
Raajje

ރައީސް ޔާމީނަކީ ދޭ އަނިޔާއަށް ފަސް އެނބުރި ބައްލަވާނެ ބޭފުޅެއް ނޫން: އަދުރޭ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމަކީ، ދޭ އަނިޔާއަކަށް ފަސް އަބުރި ބަލާނެ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ޔާމީންނަށް ކޮށްފައިވާ ޖަލުހުކުމާއި ގުޅިގެން 900 ދުވަސް ހަމަވެފައިވާތީ، ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ހުކުމެއްކަން ވިދާޅުވަމުން އަންނައައުން ރޭ ވެސް ވަނި ތަކުރާރުކޮށްފައެވެ. އ...

ގައުމުގެ ހައްގުގައި ތެދުވާނެ ދިވެހިން އަބަދު ވެސް ތިބޭނެ، މި ފެންނަނީ އެ މަންޒަރު: އަދުރޭ
Raajje

ގައުމުގެ ހައްގުގައި ތެދުވާނެ ދިވެހިން އަބަދު ވެސް ތިބޭނެ، މި ފެންނަނީ އެ މަންޒަރު: އަދުރޭ

ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުވެ، ބަސް ބުނާނެ ދިވެހިން އަބަދުވެސް ތިބޭނެކަމަށާއި، ފެންނަމުން ދަނީ އެ މަންޒަރުކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނ...

ގައުމުގެ އުއްމީދު ގުޅިފައި ވަނީ ރައީސް ޔާމީނާ: އަދުރޭ
Raajje

ގައުމުގެ އުއްމީދު ގުޅިފައި ވަނީ ރައީސް ޔާމީނާ: އަދުރޭ

ދިވެހި ގައުމުގެ އުއްމީދު ގުޅިފައި ވަނީ ކުރީގެ ރައީސް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން މިރޭ “ޗަ ގޯސް” ނަމުގައި މާލޭގެ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވި ކޮންމެ ފަހަރަކު ރާއްޖޭގެ އިސްލާމްދީން ހިމާޔަތް...

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް: އަދުރޭ
Raajje

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް: އަދުރޭ

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު؛ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ވަނީ ނިންމާފައެވެ. އެ ނިންމުމަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ، މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށެވެ. “ދިވެހި ރާއްޖޭގެ ތާރީޚު ލިޔާންފެށީއްސުރެ […]