ކޭއާރުއެޗްގެ ސީއީއޯ ޑޭވިޑް ހުންނެވީ ރައީސް ފަޅީގައި
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ހުންނެވިކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޗީފް އެގްޒެކްޓިވް އޮފިސާ (ސީއީއޯ) އަހްމަދު ދާއޫދު (ޑޭވިޑް) ހާމަކުރައްވައިފިއެވެ. ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ޑޭވިޑް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19 ގެ ހާލަތާއި ގުޅިގެންނާއި، ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭ އިގްތިސާދަށް ބޮޑު ލޮޅުމެއް އެރިކަމ...