ކޮޕާ އެމެރިކާ: އާޖެންޓީނާ އެއްވަރުވިއިރު ޕެރަގުއޭ ފެށުން ރަނގަޅުކޮށްފި
ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޕެރަގުއޭއިން ބޮލީވިއާ ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ހޯމަ ދުވަހުގެ ރޭ އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު އާޖެންޓީނާއިން ވަނީ […]