Skip to main content
Topic Archive

#ކުޑަކުދިންނަށް ކުރާ އަނިޔާ

5 Stories filed
ޖިންސީ އަމަލެއް ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް
Raajje

ޖިންސީ އަމަލެއް ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކި މީހަކު ހަތް އަހަރަށް ޖަލަށް

ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކި މައްސަލައެއްގައި މީހަކު ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ އަހުމަދު ނައީމް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ކޯޓުން މި ހުކުމް އިއްވީ ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގާ މަންޒަރު ދެއްކިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ނައީމްގެ މައްޗަށް ޖުމްލަ ތިން ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި [...

ށ.ފޭދޫގައި ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް
Thiladhunmathi News

ށ.ފޭދޫގައި ކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް

ށ. ފޭދޫގައި އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދީ، ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތަކެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ބުނީ، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ މި ރަށުގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް 17 އޭޕްރީލް 2026 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 13:10 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން މައުލޫމާތު […]

ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ހާއްސަ ތަހުގީގެއް ފަށައިފި
News

ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއްގައި ހާއްސަ ތަހުގީގެއް ފަށައިފި

އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން، އެ މައްސަލައިގެ ހާއްސަ ތަހުގީގެއް ފަށައިފިއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގައެވެ. މި މައްސަލައިގެ ސީރިއަސްކަމަށް ބަލައި، މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތެރިވަމުންނެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއ...

ކުޑަކުއްޖަކާ 12 އަހަރު ވަންދެން ބެހުނު ބޮޑުބޭބެ 15 އަހަރަށް ޖަލަށް
Raajje

ކުޑަކުއްޖަކާ 12 އަހަރު ވަންދެން ބެހުނު ބޮޑުބޭބެ 15 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް 12 އަހަރުގެ މުއްދަތަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ލ. އަތޮޅު ރަށެއްގެ މީހެއްގެ މައްޗަށް އެ ހުކުމް އައީ 2009 ވަނަ އަހަރުން ފެށިގެން 2021 ގެ ނިޔަލަށް އޭނާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ކުރި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ […]

އަނިޔާ ކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެދުނީ މާފަށް!
Raajje

އަނިޔާ ކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެދުނީ މާފަށް!

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ރަސްދޫގައި ކުޑަ ކުއްޖަކަށް އަނިޔާ ކުރުމުގައި ބައިވެރިވީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އަނިޔާ ލިބިފައިވަނީ އއ. މަތިވެރި ކުއްޖަކަށެވެ. ރަސްދޫ އަށް އެ ކުއްޖާ ދިޔައީ އާއިލާ އާ އެކީގައި ޗުއްޓީ ހޭދަކޮށްލުމަށެވެ. އެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި […]