Skip to main content
Topic Archive

#ކަސްޓަމްސް

136 Stories filed
އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި އަތުލައިގަތުމަށްފަހު، މި ތަކެއްޗާއި މި މައްސަލާގައި ޝާމިލްވާކަމަށް ތުހުމަތުކުރެވޭ މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ކަސްޓަމްސްއަށް މަސްތުވާތަކެތި އަތުލައިގަނެވުނީ މިދިޔަ ޖޫން 29 ވަަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށެވެ. އެއީ މެފެޑްރޯން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ. އަތުލައިގަނެވުނު މަސްތުވާ...

8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އިތިއޯޕިއާއިން ރާއްޖެ އައި ދެ މީހެއްގެ އަތުން އަތުން 8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ވިދާޅުވީ، އިތިއޯޕިއާއިން ވައިގެމަގުން ރާއްޖެއައި އިނގިރޭސި ދެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަންފައިވާ ކަމަށެވެ. މި ދެ މީހުން ރާއްޖެއަށް މިތަކެތި އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ ދިރުވާލައިގެންނެވެ. އުމުރުން 41 އަހަރުގެ މި ދެ މީހުންގެ ހަށިގަނޑުން 2.328 ކިލޯގެ މަސްތުވާތަކެތި އަތިލައިގެންފައިވެއެވެ. ކަސްޓަމްސްއިން ވިދާ...

ކޮންޓެއިނަރުން އަތުލީ 15 ކިލޯގެ ހަޝިޝް އޮއިލް
Raajje

ކޮންޓެއިނަރުން އަތުލީ 15 ކިލޯގެ ހަޝިޝް އޮއިލް

މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، ފުލުހުންގެ ޚިދުމަތުން ގުޅިގެން ބަލައި ފާސްކުރި ކޮންޓެއިނަރުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްގެ 15 ކިލޯ ފެނުނު ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ. ކަސްޓަމްސް އިން މިރޭ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރި ކޮންޓެއިނާ އަކީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން އިން ކަނޑުމަގުން ރާއްޖެ ގެނެސްފައިވާ ކޮންޓެއިނަރެއ...

10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ބްރެޒިލް އިން ރާއްޖެ އައި އެމެރިކާގެ ރައްޔިތެއްގެ އަތުން 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ވިދާޅުވީ، ބްރެޒިލް އިން ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަންފައިވާ ކަމަށެވެ. ކަސްޓަމްސްއިން މައުލޫމާތު ދެއްވިގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި އެމެރިކާގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝ...

21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އައި ފަތުރުވެރިއެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ވިދާޅުވީ، ވައިގެ މަގުން ރާއްޖެއައި ފަތުރުވެރިއެއްގެ އަތުން މަސްތުވާތަކެތި އެ އިދާރާއިން އަތުލައިގަންފައިވާ ކަމަށެވެ. ކަސްޓަމްސްއިން މައުލޫމާތު ދެއްވިގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމ...

ކަސްޓަމަށް 68 އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކޮށްފި
Raajje

ކަސްޓަމަށް 68 އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކޮށްފި

ކަސްޓަމަށް 68 އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކޮށްފި އެވެ. ކަސްޓަމްސް އިން އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކުރީ މިޔަދު އެވެ. އެ މަގާމުގެ ޝަރުތަކީ ޖީސީއީ އޯވެލް އިމްތިހާނު މަދުވެގެން ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމެވެ. އެ މަގާމުގެ މުސާރައަކީ މަހަކު 5،000 ރުފިޔާ އެވެ. މީގެ އިތުރުން ނޮން ޕްރެކްޓިސިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓް (1,750 ރުފިޔާ) އަދި ސާވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް […]

ރާއްޖެ ގެނައި ގަސްކާނާގެ ތެރެއިން މަސްތުވާތަކެތި އަތުލައިގެންފި
Raajje

ރާއްޖެ ގެނައި ގަސްކާނާގެ ތެރެއިން މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާ މަގުން ރާއްޖެ ގެނައި ގަސް ކާނާ ޝިޕްމަންޓެއްގެ ތެރެއިން 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މިތަކެތި އަތުލައިގަނެފައިވަނީ، އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ ގެނެސްފައިވާ އެއާ ކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިއްޔެ މި ޝިޕްމަންޓް އިތުރަށް ބަލާފާސްކުރުމުގެތެރޭގައެވެ. ކަސްޓަމުން ވިދާޅުވީ، ބަލާފާސްކުރި ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ “އޯގަނިކް ފާރޓިލައިޒަރ” ގެ ގޮތުގައިކަމަށެވެ. އަދި މިޝިޕްމަންޓުގައި ހުރި “އ...

ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ. މިތަކެތި އަތުލައިގަނެފައިވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. މި މަސްތުވާތެކެތި އަތުލާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް...

ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް އާމްދަނީ އިތުރުވެއްޖެ
Business

ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓް އާމްދަނީ އިތުރުވެއްޖެ

އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 27 އިންސައްތަ އިތުރުވެއްޖެއެވެ. ކަސްޓަމްސް އިން ރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 325 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނީ 256 މިލިއަން ރުފިޔާއެވެ. މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓު ވެސް ވަނީ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފައެވެ. އެގޮތުން، މިދިޔަ މަހު 3.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އިމްޕޯޓް ކުރި […]

ޝަރަފުވެރިކަމާއެކު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން ނާޝިދު ރިޓެއާ ކުރައްވައިފި
Raajje

ޝަރަފުވެރިކަމާއެކު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން ނާޝިދު ރިޓެއާ ކުރައްވައިފި

ވިހި އަހަރުގެ ޚިދުމަތަށްފަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން، އިސްމާއިލް ނާޝިދު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. ނާޝިދު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ކަސްޓަމްސްއިން ފާހަގަކުރައްވާފައި ގޮތުގައި ޝަރަފްވެރިކަމާއެކު ނާޝިދު ކަސްޓަމްސްއިން ރިޓަޔަރ ކުރެއްވީ އަގު ނުކުރެވޭފަދަ ނަމޫނާ އަދި ނަޒާހަތްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހުގައެވެ. ނާޝިދު އަކީ މަސައްކަތައް ވަފާތެރި އަދި ކަސްޓަމްސްގެ މުވައްޒަފުންގެ އިޙްތިރާމް ހޯދާފައިވާ ގާބި...

ބްރެޒިލް އިން އައި މީހެއްގެ އަތުން 94 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

ބްރެޒިލް އިން އައި މީހެއްގެ އަތުން 94 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 94،000،000.00 (ނުވަދިހަ ހަތަރު މިލިއަން) ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ޚަބަރުފަތުރާ ވަސީލަތްތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ކަމަށެވެ. މިމަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 18.857 ކިލޯހުންނާނެކަމަށް ކަސްޓަމްސް އިން ވިދާޅުވި އެވެ. ބްރެޒިލް އިން ވައިގެ މަގުން ރާއްޖެ އައި މިމީހާގެއަކީ އުމުރުން 28 އަހަރުގެ ބްރެޒިލް ފިރިހެނެކެވެ. މިމީހާ ބަލާ ފާސްކޮށްފަ...

އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ
Business

އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އިތުރުވެއްޖެއެވެ. ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 119 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ މަހު ލިބުނީ 281 މިލިއަން ރުފިޔާއެވެ. މިއީ 137 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ މަހު ރާއްޖެއިން ބޭރު ކުރީ 328 ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ […]

ކަސްޓަމްސްގެ އުތުރު ސަރަހައްދީ ހެޑް އޮފީސް ކުޅުދުއްފުށީގައި ހުޅުވައިފި
Thiladhunmathi News

ކަސްޓަމްސްގެ އުތުރު ސަރަހައްދީ ހެޑް އޮފީސް ކުޅުދުއްފުށީގައި ހުޅުވައިފި

މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގެ އުތުރު ސަރަހައްދީ އޮފީސް ކުޅުދުއްފުށި ސިޓީގައި ރަސްމީކޮން ހުޅުވައިފި އެވެ. ކުޅުއުއްފުށި ސިޓީގައި މިއަދު ހަވީރު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މި އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ ދީދީ އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ މާރިއާ ދީދީ ގެ އިތުރުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި އެސިޓީގެ މުވައްސަސާތަކުގެ އި...

އުލިގަމު ކަސްޓަމްސް އާ އޮފީސް ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

އުލިގަމު ކަސްޓަމްސް އާ އޮފީސް ރަސްމީކޮށް ހުޅުވައިފި

ހއ. އުލިގަމުގައި އަލަށް އިމާރާތްކުރި ކަސްޓަމްސްގެ އޮފީސް އިމާރާތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. ރާއްޖޭގެ އެންމެ އުތުރު ބިތުގައި އޮންނަ އުލިގަމަކީ ރާއްޖެއިން ބޭރުން އަންނަ ޔޮޓު ފަހަރުގެ ވަރަށް މަގުބޫލު މަންޒިލެކެވެ. އެހެންކަމުން އުލިގަމުގައި ކަސްޓަމްސްގެ ޚިދުމަތް ގާއިމު ކޮށްފަ ހުންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން ހއ. އުލިގަމުގައި އަލަށް އިމާރާތްކުރި ކަސްޓަމްސް އޮފީސް ހުޅުއްވައި ދެއްވީ މިއަދު އެރަށުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ...

83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އައި ބިދޭސީއެއްގެ އަތުން 83 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ. އެ ބިދޭސީ މީހާއަކީ ބްރެޒިލްއަށް ނިސްބަތްވާ އަންހެނެކެވެ. އަދި އެއީ އުމުރުން 29 އަހަރުގެ މީހެކެވެ. އެމީހާ ރާއްޖެ އައީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުން ކަމަށް އެ ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. އަދި […]