Skip to main content
Topic Archive

#ކަސްޓަމްސް

136 Stories filed
ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި
Raajje

ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސަރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް އެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 1.070 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން މިތަކެތި އަތުލައިގަތީ އިއްޔެއެވެ. ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތްނަމަވެސް މި މައްސަލާގައި އަދި މީހަކު ހައްޔަރުކުރިކަމެއް ނޭނގެއެވެ.  

ވަގަށް ސިނގިރޭޓު ނެރުނުމުން 67 މިލިއަން ރުފިޔާ ހޯދުމަށް މަސައްކަތް ފަށައިފި
Raajje

ވަގަށް ސިނގިރޭޓު ނެރުނުމުން 67 މިލިއަން ރުފިޔާ ހޯދުމަށް މަސައްކަތް ފަށައިފި

މާލޭގެ ދެ ބޮންޑެޑް ވެއާހައުސްއަކުން ގަވައިދާ ޚިލާފަށް ސިނގިރޭޓު ނެރުނު މައްސަލާގައި 67 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މަސައްކަތް ފަށައިފިއެވެ. ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސް” އާއި “އެސްޖީއެމް ބޮންޑެޑް ވެއާހައުސް” އިން ގަވައިދާ ޚިލާފަށް ސިނގިރޭޓު ނެރެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން “އެގްޒޮޓިކް އެންޓަޕްރައިސަސް ބޮންޑެޑް ވެއާހައުސް” އިން ކެމަލް ޔެލޯ، އެމެރިކަން ލެޖެންޑް އަދި މެންޗެސް...

ހިފަހައްޓާނީ ޤާނޫނުން މަނާތަކެތި، ހުއްދަ ތަކެތިނަމަ ދޫކުރާނެ: ކަސްޓަމްސް
Raajje

ހިފަހައްޓާނީ ޤާނޫނުން މަނާތަކެތި، ހުއްދަ ތަކެތިނަމަ ދޫކުރާނެ: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓަމުން ދަނީ ޤާނޫނީގޮތުން މަނާކުރެވިފައިވާ ތަކެތި ކަމަށާއި، ޤާނޫނީގޮތުން ރާއްޖެ އެތެރެކުރުން މަނާނޫން މުދަލާއި ތަކެތި ވެސް ދޫކުރަމުންދާނެކަމަށް އެ އިދާރާއިން ބުނެފިއެވެ. ކަސްޓަމްސް އިން މިފަދައިން ބުނީ، ރާއްޖެގެނައި ރޯލިންގ ޓޮބޭކޯ ޝިޕްމަންޓުތަކެއް ކަސްޓަމްސުން ހިފަހެއްޓުމަށްފަހު ދޫކޮށްލި ކަމަށް ބުނެ މީޑިޔާތަކުގައި ދައުރުވަމުންދާ ޚަބަރުތަކާއި ގުޅޭގޮތުން އެ އިދާރާގެ މީސްމީޑިއާގެ މަންސަތަކުގައި ކުރި ޕޯސްޓެއްގައެވެ. ކަސްޓަމްސް އިން ބުނީ އެ އިދާރާއަކީ ތަންފީޒީ...

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފި
Raajje

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފި

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 18 ދުވަހުން 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޖެނުއަރީ 1 އިން 18 އަށް 9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ވައިގެ މަގުން އެތެރެކުރި 9 ޝިޕްމަންޓާއި، ކަނޑުގެ މަގުން އެތެރެކުރި 3 ޝިޕްމަންޓެވެ. ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި މީގެ ތެރެއިން ވައިގެ މަގުން […]

ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި
Raajje

ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 109 ގުރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން އަތުލައިގެން ފައި ވަނީ 109 ގުރާމުގެ ހިރޮއިންއެވެ. މިތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މަގުން އެތެރެކުރަން އުޅެނިކޮށެވެ. ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އެކި ފަހަރުމަތިން ކަސްޓަމްސްގެ މަސައްކަތުން އަންނަނީ އަތުލައިގަންނަމުންނެވެ. ރާއްޖޭގެއަށް އައިސް ގޮސްވާ އުޅަނދުފަހަރާއި،...

ޚިޔާނާތުގެ ތުހުމަތުވާ އޮފިސަރެއް ރިޓަޔަރއެއް ނުކޮށްދެން: ކަސްޓަމްސް
Raajje

ޚިޔާނާތުގެ ތުހުމަތުވާ އޮފިސަރެއް ރިޓަޔަރއެއް ނުކޮށްދެން: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކެއްގެ ހިޔާނާތުގެ  މައްސަލައެއް ފެންމަތިވެފައިވާއިރު، ޚިޔާނާތުގެ ތުހުމަތުވާ އެއްވެސް އޮފިސަރެއް ރިޓަޔަރއެއް ކޮށްދީފައި ނުވާނެކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. މި މައްސަލާގައި ތުހުމަތުވާ އެންމެ އިސްމީހާ ކަސްޓަމްސްއިން ރިޓަޔަރކޮށްދީފައިވާކަމަށް ބުނެ މިއަދު މީސްމީޑިއާގައި ވަނީ ޚަބަރު ފަތުރާފައެވެ. މިހެން ކަން ހިނގާފައި ވަނިކޮށް ކަސްޓަމްސްގެ ރަސްމީ މީސްމީޑިއާ އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ބައެއް އޮފިސަރުންނަށް ތުހުމަތު ކުރެ...

ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ޚިޔާނާތުގެ ތުހުމަތު، ތަޙުޤީޤު ކުރިއަށް
Raajje

ކަސްޓަމްސްގެ މުވައްޒަފުންތަކަކަށް ޚިޔާނާތުގެ ތުހުމަތު، ތަޙުޤީޤު ކުރިއަށް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންތަކަކަށް ކުރެވޭ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤެއް ހިންގަމުން އަންނަކަން މިއަދު ހާމަކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ނޫސްވެރިޔަކު ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި ސުވާލަކާއި ގުޅިގެން ފުލުހުން ބުނީ، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންތަކަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ، ހިޔާނާތް އަދި ރިޝްވަތުގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. ފުލުހުން ބުނިގޮތުގައި އެ މ...

ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި
Raajje

ވައިގެ މަގުން އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން އަތުލައިގެން ފައި ވަނީ 0.32 ކިލޯގެ ހެރޮއިންނާއި، 2.1 ކިލޯގެ މެފެޑްރޯން އެވެ. މިތަކެތީގެ ޖުމްލަ ބަރުދަނުގައި 2.4 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސް އިން ބުންޏެވެ. މިތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މަގުން އެތެރެކުރަން އުޅެނިކޮށެވެ. ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި އެކި ފަހަރުމަ...

ބޮންޑެޑް ވެއާހައުސްގައި ހުރި މުދަލަށް ޑިއުޓީ ދައްކަން އަންގައި ތަހްގީގު ފަށައިފި
Raajje

ބޮންޑެޑް ވެއާހައުސްގައި ހުރި މުދަލަށް ޑިއުޓީ ދައްކަން އަންގައި ތަހްގީގު ފަށައިފި

ރާއްޖެ އެތެރެކޮށް މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލުނުކަމަށް ބުނާ މައްސަލާގައި، އެ ބޮންޑެޑް ވެއާހައުސްގައި ހުރި މުދަލަށް ޑިއުޓީ ދެއްކުމަށް އަންގައި، މިކަމާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ. ”ބޮންޑެޑް ވެއާހައުސް އެއްގައި ހުރި 34،000 އެއްހާ ސިނގިރޭޓު ކާޓޫނު ގެއްލިއްޖެ” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް އެކްސްގައި ހިއްސާކުރަށްވަމުން  ވަޒީރު އިހްސާން ވ...

ވަގަށް ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަސް އަތުލައި ނައްތާލައިފި
Raajje

ވަގަށް ބޭރުކުރަން އުޅުނު 582 ކިލޯގެ މިޔަރާއި މަޑިމަސް އަތުލައި ނައްތާލައިފި

ޤާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި މިޔަރު އަދި މަޑިމަސް ނައްތާލައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، ވަގަށް ބޭރުކުރަން އުޅެނިކޮށް ހިފަހައްޓައި، ނައްތާލާފައިވާ މިޔަރު އަދި މަޑިމަހުގެ ޖުމްލަ ބަރުދަނުގައި 582 ކިލޯ ހުރި ކަމަށެވެ. މި ތަކެތި ނައްތާލާފައި ވަނީ މިދިޔަ އާދީއްތަ (22 ޑިސެމްބަރު 2024) ވަނަ ދުވަހުއެވެ. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މަޑިއާއި، މިޔަރުގެ އެއްވެސް ބާވަތެއް ހިފުމާއި ގެންގުޅުމަކީ މަނާ ކަމެކެވެ. އަދި އެކްސްޕޯޓު ކުރުމަކީވެ...

ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯ ޑްރަގް އަތުލައިގެންފި
Raajje

ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯ ޑްރަގް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 2.05 ކިލޯ ޑްރަގް އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމް ސާވިސް އިން ބުނީ ރާއްޖެ އެތެރެކުރަން އުޅުނު 2.05 ކިލޯ ޑްރަގް އަތުލައިގެންފައިވާ ކަމަށެވެ. އަތުލައިގެންފައި ވަނީ ޑްރަގްގެ ބާވަތެއްކަމަށްވާ ހިރޮއިންނެވެ. މި ޑްރަގް އަތުލައިގެންފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މިކަމުގެ އިތުރު ތަފްސީލެއް ކަސްޓަމްސް އިން އަދި ނުދެއެވެ.

ޑްރަގް އަޅާފައި ހުރި ވޭޕް ސިނގިރޭޓް ޝިޕްމަންޓެއް އަތުލައިގެންފި
Raajje

ޑްރަގް އަޅާފައި ހުރި ވޭޕް ސިނގިރޭޓް ޝިޕްމަންޓެއް އަތުލައިގެންފި

“ވޭޕް އޮއިލް”ގެ ނަމުގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގެންފިއެވެ. މިކަމާ ގުޅިގެން ދާޚިލީ ވަޒީރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، “ވޭޕް އޮއިލް”ގެ ނަމުގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ޝިޕްމަންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެފައެވެ. ”މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެންގެވި ޑިޒިޝަން ނަންގަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު” ވަޒީރު ވިދާޅުވެފަވެއެވެ. ވަޒީރުގެ މި ޕޯސ...

މިލިޔަނެއްހާ ރުފިޔާގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފި
Raajje

މިލިޔަނެއްހާ ރުފިޔާގެ ސިންތެޓިކް ކެތިނޯން އަތުލައިގަނެފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކުރި ގޮތުގައި، މިމަހުގެ 20 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނެއްގައި އަތުލައިގަނެވުނު މި މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯންއެވެ. މި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 0.666 ކިލޯގްރާމެވެ.ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ މަގުމަތީ އަގަކީ 1,000,000.00 (އެއް މިލިއަން) ދިވެހި ރުފިޔާއެވެ. މިއީ ރާއްޖޭގެ މަ...

ވައިގެ މަގުން އެތެރެކުރަން އުޅުނު 9.86 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

ވައިގެ މަގުން އެތެރެކުރަން އުޅުނު 9.86 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 9.86 މިލިއަން ރުފިޔާގެ (މަގުމަތީ އަގު) މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފައިވާކަމަށް މަޢުލޫމާތު ދީފިއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 0.680 ކިލޯގެ ކެތިނޯނާއި، 10.20 ކިލޯގެ ކެނެބިސް އަދި 0.740 ކިލޯގެ ހެރޮއިން ހިމެނެއެވެ. މިއީ ޖުމްލަ 11.62 ކިލޯގެ މަސްތުވާތަކެއްޗެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މަޢުލޫމާތެއް އަދި މިއީ ކޮން ގައުމަކުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗެއް...

100 ފްލެޓް ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައި: ކަސްޓަމްސް
Raajje

100 ފްލެޓް ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައި: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް 100 ފްލެޓް ދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. ކަސްޓަމްސްގެ ރަސްމި އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކަސްޓަމްސްގެ މުވައްޒަފުންނަށް 100 ފްލެޓް ދޭނެކަމުގެ ޔަޤީންކަން އަދުގެ ސަރުކާރުން ދީފައިވާ ކަމަށެވެ. އެ ޔަޤީންކަން ގެދޮރުވެރިކަމާއި ބިމާއި ޢުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރާއެކު އިއްޔެ ކަސްޓަމްސްއިން ބޭއްވި ބައްދަލުވުމުގައި ވަޒީރު ޑރ...