''ކޮންޓެއިނަރުތައް ވަގަށްނެގީ އެއްގޮތް ދެ ކޮންޓެއިނަރު ބެހެއްޓުމަށްފަހު، ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވެސް ބަދަލުކުރި''
މިދިޔަ އަހަރުގެ އޭޕްރީލް މަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައާ ގުޅިގެން މިހާތަނަށް ތަޙްޤީޤަށް ހޯދުނު ބައެއް މުހިންމު ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ހިއްސާކޮށްފިއެވެ. މިވައްކަން ހިންގާފައިވަނީ ވަރަށް ރޭވުންތެރިކަމާއެކު، ކޮންޓެއިނަރުތަކާއި އުޅަނދުފަހަރުގެ މައުލޫމާތު ބަދަލުކޮށްގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައިވާ ގޮތުނ...