Skip to main content
Topic Archive

#ކޮމަންޑޫ ދާއިރާ

70 Stories filed
ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުން، މި ނުކުތީ އެކަންކޮށްދޭން: ހަންނާން
Thiladhunmathi News

ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދެކެން ބޭނުން، މި ނުކުތީ އެކަންކޮށްދޭން: ހަންނާން

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދުށުމަކީ، އެންމެ ކުޑައިރުއްސުރެ ކުރަމުން އަންނަ އުންމީދެއްކަމަށާއި، އޭނާ ނުކުންނެވީ އެކަން ހާސިލްކޮށްދޭން މަސައްކަތް ކުރަންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ވަނީ ބަހުސެއް ކުރ...

އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ ވަކީލަކަށް: ފަތުހީ
Thiladhunmathi News

އަޅުގަނޑު ވާނީ ދާއިރާގެ ރައްޔިތުންގެ ވަކީލަކަށް: ފަތުހީ

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގެ ރަށްޔިތުން އޭނާ ކޮށްފިނަމަ އޭނާ ވެވަޑައިގަންނަވާނީ ވަކި މީހެއްގެ، ބަޔެއްގެ ވަކީލަކަށް ނޫންކަމަށާއި، އޭނާ ވާނީ ރައްޔިތުންގެ ވަކީލަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓް ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ފަތުހީ މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން...

ތަރައްގީގެ އެތައް މަޝްރޫޢުއެއް މިދަނީ ހިންގަމުން، ސަރުކާރު އޮތީ އަޅުގަނޑުގެ ފަހަތުގައި: ރާޝިދު
Thiladhunmathi News

ތަރައްގީގެ އެތައް މަޝްރޫޢުއެއް މިދަނީ ހިންގަމުން، ސަރުކާރު އޮތީ އަޅުގަނޑުގެ ފަހަތުގައި: ރާޝިދު

ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި މިހާރުވެސް ތަރައްގީގެ އެތައް މަޝްރޫޢުއެއް ކުރިއަށްދާ ކަމަށާއި، ކުރިއަށްއޮތް ތަނުގައި އިތުރު މަޝްރޫޢުތައް އަންނާނެކަމަށާއި، އެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރު އޮތީ އޭނާގެ ފަހަތުގައިކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ...

ހަންނާނުގެ ވައުދުތައް ހިއްސާކޮށްފި، ސަޕޯޓަރުން ބުނަނީ ގޮނޑި ޔަގީންކަމަށް!
Thiladhunmathi News

ހަންނާނުގެ ވައުދުތައް ހިއްސާކޮށްފި، ސަޕޯޓަރުން ބުނަނީ ގޮނޑި ޔަގީންކަމަށް!

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމަށް ދާއިރާއަށް ކުރި ދަތުރު ނިންމާލައިފިއެވެ. މިދަތުރާއެކު ދާއިރާގެ ތާއީދު ހަންނާނަށް ބޮޑުތަނުން އިތުވެގެން ގޮސްފައިވާކަމަށާއި، ގޮނޑި ނަގާނީ ބޮޑު ތަފާތަކުންކަމަށް ހަންނާނުގެ ކެމްޕޭން ޓީމުން ވަނީ ބުނެފައެވެ. އެ ދާއިރާއިން ވާހަކަ ދެއްކި ހަންނާނުގެ ބައެއް ސަޕޯޓަރުން ބުނިގޮތުގައި ދާއިރާގ...

ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަންގައި މާލޭގައި ވޯޓު ފޮށި ބަހައްޓަނީ އިސްކަންދަރު ސްކޫލްގައި
Thiladhunmathi News

ކޮމަންޑޫ ދާއިރާ ބައި-އިލެކްޝަންގައި މާލޭގައި ވޯޓު ފޮށި ބަހައްޓަނީ އިސްކަންދަރު ސްކޫލްގައި

ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މާލޭގައި ބަހައްޓާ ވޯޓްފޮށި ބަހައްޓާނީ އިސްކަންދަރު ސްކޫލްގައި ކަމަށް އިލެކްޝަން ކޮމިޝަން (އީ.ސީ)އިން ބުނެފިއެވެ. އިސީން މިއަދު ކުރި އިއުލާނެއްގައި ކޮމަންޑޫ ދާއިރާގެ އިތުރުން ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި، ވޯޓްފޮށިތައް ބެހެއްޓިފައިވާ ސަރަހައްދުތައް ވަނީ އާންމުކޮށްފައެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓްލުމަށް ށ. ފޯކައިދޫ ސްކޫލްގައި 2 ފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވާ...

އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން މަޖިލީހަށް ބޭނުންވޭ، ފަތުހީއަކީ އެފަދަ ބޭފުޅެއް: ސައިޚް ލަޠީފް
Raajje

އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން މަޖިލީހަށް ބޭނުންވޭ، ފަތުހީއަކީ އެފަދަ ބޭފުޅެއް: ސައިޚް ލަޠީފް

މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށް ދީނީ ޢިލްމުވެރިޔާ ޝަ އިޚު މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ސެއިޚް ލަޠީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‏މުސްލިމުންނަށް ޤާނޫނު ހަދާ މަޖިލީހަށް ބޭނުމީ އިސްލާމީ ޝަރީޢަތް ކިޔަވައިގެން ތިބޭ މީހުން ކަމަށެވެ. “އެކަންކަން ނުދަންނަ ޖާހިލުން” ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ. “ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުޙީ އަކީ އެރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވަމުން ގެންދަވާ ބޭފުޅެއް. އެންމެން އޭނާއަށް...

ކޮމަންޑޫ ރައްޔިތުންނާއި، އެމްޑީޕީގެ ފިކުރަކީ އެކައްޗެއް، ހިޔާރުކުރާނީ އެފިކުރު: އަމްރު
Thiladhunmathi News

ކޮމަންޑޫ ރައްޔިތުންނާއި، އެމްޑީޕީގެ ފިކުރަކީ އެކައްޗެއް، ހިޔާރުކުރާނީ އެފިކުރު: އަމްރު

ކޮމަންޑޫ ރައްޔިތުންނާއި، އެމްޑީޕީގެ ސިޔާސަތާއި ފިކުރަކީ އެކައްޗެއް ކަމަށާއި، ކޮމަންޑޫ ރައްޔިތުން ހިޔާރުކުރާނީ ވެސް އެމްޑީޕީގެ ފިކުރުކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ. ރޭ ކޮމަންޑޫގައި ކުރިއަށް ދިޔަ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ތިން ކަމެއް ހިއްސާކޮށްލަން ބޭނުފުޅުވާ ކަމަށެވެ. އޭނާ ވިދ...

ފަތުހީގެ ކެމްޕޭން ފޯރީގައި ކުރިއަށް
Thiladhunmathi News

ފަތުހީގެ ކެމްޕޭން ފޯރީގައި ކުރިއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމްގެ ކެމްޕޭން ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށްދާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. ކޮމަންޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ފަތުހީގެ ކެމްޕޭން އެއްވާމެއްގައި ހުއްޓުމެއްނެތި ކުރިއަށްދާއިރު، ފަތުހީގެ ކެމްޕޭނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު “ތިލަދުން” އަށް ވިދާޅުވިއެވެ. ފަތުހީގެ ކެމް...

ފޯކައިދޫއަށް ހަންނާނުގެ ނުވަ ވަޢުދެއް، ކޮލެޖެއްގެ ކެމްޕަހެއް ޤާއިމްކުރުމަށް މަސައްކަތްކުރާނެ، ކޮމްޕިއުޓަރ ލެބެއް ތަރައްޤީކޮށްދޭނެ!
Report

ފޯކައިދޫއަށް ހަންނާނުގެ ނުވަ ވަޢުދެއް، ކޮލެޖެއްގެ ކެމްޕަހެއް ޤާއިމްކުރުމަށް މަސައްކަތްކުރާނެ، ކޮމްޕިއުޓަރ ލެބެއް ތަރައްޤީކޮށްދޭނެ!

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމުގެ ދަތުރެއް މިހާރު ދާއިރާއަށް ކުރަށްވަމުންދާއިރު، ކޮމަންޑޫ ދާއިރާގެ ފޯކައިދޫއަށް އޭނާ ވަނީ ނުވަ ވައުދެއް ވެވަޑައިގެންފައެވެ. ކޮމަންޑޫ ދާއިރާއަށާއި، ތިން ރަށަށް ވަކިން ވެސް ހަންނާނުގެ މެނިފެސްޓޯގައި ވައުދުތައް ހިމަނާފައިވާއިރު، މި ވައުދުތަކަކީ އޭނާއާއި އެމްއެންޕީގެ ލީޑަޝިޕް ތިން ފަހ...

ހަތަރު ސަބަބެއް ބަޔާންކޮށް އަދާލަތުގެ ތާއިދު އެމްޑީޕީ ކެންޑިޑޭޓަށް
Raajje

ހަތަރު ސަބަބެއް ބަޔާންކޮށް އަދާލަތުގެ ތާއިދު އެމްޑީޕީ ކެންޑިޑޭޓަށް

އަންނަ މަހުގެ ފަހެއްގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއިދުކުރަން އަދާލަތު ޕާޓީ (އޭޕީ) އިން ނިންމައިފި އެވެ. ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އޭޕީ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބައި-އިލެކްޝަންގައި އެމްޑީޕީއަށް ތާއިދުކޮށްދިނުމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައ...

ރާޝިދުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ
Thiladhunmathi News

ރާޝިދުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރ ޤާސިމް އިބްރާޙީމް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ޖޭޕީގެ އިސް އޮފިޝަލަކު “ތިލަދުން” އަށް ވަނީ ޤާސިމް، ރާޝިދުގެ ކެމްޕެއިނަށް ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވަން ނިންމާފައިވާ ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. މީގެކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ރާޝިދުގެ ކެމް...

ރާޝިދުގެ ކެމްޕެއިނަށް ރައީސް ނަޝީދާއި އެމްޑީޕީ ލީޑަޝިޕް ކޮމަންޑޫ ދާއިރާއަށް
Thiladhunmathi News

ރާޝިދުގެ ކެމްޕެއިނަށް ރައީސް ނަޝީދާއި އެމްޑީޕީ ލީޑަޝިޕް ކޮމަންޑޫ ދާއިރާއަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދުގެ ކެމްޕެއިންގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމައްދު ނަޝީދާއި، އެމްޑީޕީގެ ލީޑަޝިޕް ބޭފުޅުން މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފިއެވެ. މިދަތުރުގައި ރައީސް ޞާލިޙް ވެސް ބައިވެރިވެ ވަޑައިގަތުމަށް ކުރިން އޮތީ ހަމަޖެހިފައެވެ. ނަމަވެސް ދަތުރުގައި ބައިވެރިވެވަޑައިގަތުމަށް ހެއްދެވި ޕީސީއާރު ޓެސްޓުން އެމަނިކުފާނު ކޯވިޑ...

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރި-ރެޖިސްޓްރޭޝަނަށް 4 ދުވަސް
Thiladhunmathi News

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ރި-ރެޖިސްޓްރޭޝަނަށް 4 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި އަންނަ ފެބުރު އަރީމަހު ބޭއްވުމަށް ނިންމާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ދެ ކޮމިޓީއެއްގެ ރި-ރެޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. އީސީއިން މިއަދު ބުނީ އެ ދާއިރާތަކަށް ވޯޓުލާ މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 24ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއެކު އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަން އަކީީ ތ. ވިލުފުށ...

އިންތިޚާބުވެއްޖެ ނަމަ ލިބޭ މުސާރަ ހޭދަކުރާނީ ދާއިރާގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރަން: ހަންނާން
Thiladhunmathi News

އިންތިޚާބުވެއްޖެ ނަމަ ލިބޭ މުސާރަ ހޭދަކުރާނީ ދާއިރާގެ ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރަން: ހަންނާން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ކޮމަންޑޫ ދާއިރާގެ ރައްޔިތުން އޭނާ އެ ދާއިރާގެ ގޮނޑިއަށް އިންތިޚާބުކޮށް ދެއްވައިފިނަމަ ލިބޭ މުސާރަ ހޭދަކުރާނީ ދާއިރާގެ ރައްޔިތުންނަށް ތަނަވަސް، ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ. ހަންނާންގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރެއެ...

މެނިފެސްޓޯގައި ނުވާވަރުކަމެއް، ނުފުއްދޭވަރުގެ ވައުދެއް ނޯންނާނެ: ހަންނާން
Thiladhunmathi News

މެނިފެސްޓޯގައި ނުވާވަރުކަމެއް، ނުފުއްދޭވަރުގެ ވައުދެއް ނޯންނާނެ: ހަންނާން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ނުވާވަރުކަމެއް، ނުފުއްދޭވަރުގެ ވައުދެއް ނޯންނާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ކެންޑިޑޭޓު ނަމްބަރު 3، ހަންނާނުގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިރެޔަކީ މުޅި މުސްތަގުބަލް ބިނާކުރުމަށްޓަކައި އަތުކުރި އޮޅާލައި، އެ އުންމީދު ދާއިރާގެ ރައްޔިތުންނާއި ހަމައަށް ގެނެ...