ދިވެހިރާއްޖޭގެ މިނިވަންކަމުގައި ތިލަދުންމައްޗަކީ މުހިންމު ދައުރެއް އަދާކުރި އަތޮޅެއް: މޭޔަރު ޢާތިފް
ކުޅުދުއްފުށި ސިޓީ އަކީ ގައުމީ ރަށެއްކަމަށާއި، ދިވެހި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި ތިލަދުންމަތިން އަދާކޮށްފައިވަނީ މުހިންމު ދައުރެއް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ. މޭޔަރ ޢާޠިފް މިފަދައިން ވިދާޅުވީ، ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހަނދާނުގައި ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރި ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރ އާޠިފް ވިދާޅުވީ މިނިވަންކަމަކީ ހިލޭ ލިބޭ އެއްޗެއް ނޫ...