130 ކިލޯ ޑްރަގް މައްސަލާގެ އިސް މީހާ ކަމަށް ތުހުމަތުވާ ޝަހީބް ދޫކޮށްލައިފި
ދޯންޏެއްގައި 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ޝަހީބު އިބްރާހިމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ޕީއެންސީގެ ކައުންސިލް މެމްބަރެއް ކަމަށްވާ ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބު އިބްރާހީމް ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކާ ނުލައި ކަމަށް ކޯޓުން ބުންޏެވެ. ޝަހީބު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމީ މިއަދު ބޭއްވި ބަންދު މުރާޖައާގެ އަޑުއެހުމުގަ އެވެ. އޭނާ ދޫކޮށްލުމަށް ނިންމީ ބަންދަށް ލުޔެއް [...